ޚަބަރު
ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރަން ޔޫކޭއާއެކު މަޝްވަރާކޮށްފި
ދިފާއީ ދާއިރާއިން ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މިއަދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.

މިމަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ، ދިފާޢީ އަދި ވަތަނީ ހިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދުގެ އަރިހަށް އިންގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކް ލޯވ ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގަ އެވެ.

އެ ބައްދަލުވުމުގައި ރާއްޖޭގެ ދިފާއީ ދާއިރާ ކުރިއެރުވުމަށްޓަކައި އިނގެރޭސިވިލާތުން ދެމުންދާ އެހީތެރިކަމަށް މިނިސްޓަރު ޝުކުރު އަދާ ކުރައްވާފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ވެސް އެ ބައްދަލުވުމުގައި ސަލާމަތީ ކަންކަމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމާއި ގުޅޭ ގޮތުން ވެސް މިނިސްޓަރު އަލިއެޅުއްވި ކަމަށް މިނިސްޓްރީން ބުންޏެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު