ޚަބަރު
ހަތަރު ޑައިވަރުންގެ ހަށިގަނޑު އިޓަލީއަށް މިރޭ ފޮނުވަނީ
ހޮހަޅައިގެ ތެރޭގައި އިޓަލީގެ ޑައިވަރުންތަކެއް މަރުވި ހާދިސާއާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަންގެ ތެރެއިން
ވ. އަތޮޅުގެ މަޝްހޫރު "މިޔަރު ޑައިވް" ސައިޓުގެ ހޮހަޅައަށް ފީނަން ގޮސް އުޅެނިކޮށް މަރުވި އިޓަލީވިލާތުގެ ހަތަރު ޑައިވަރުންގެ ހަށިތައް މިރޭ ފަތިހު އެގައުމަށް ފޮނުވުމަށް ނިންމައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކަނޑުއަޑީގެ ހޮހޮޅައަކަށް ޑައިވްކުރަން ގޮސް އުޅެނިކޮށް ގެއްލުނީ އިޓަލީގެ ހަތަރު ޑައިވަރަކާއި އެމީހުން އިންސްޓްރަކްޓަރެވެ.

ވ. އަތޮޅުގައި ޑައިވް ކުރަނިކޮށް އިޓަލީގެ ފަސް ޑައިވަރުން ގެއްލުނީ މިމަހުގެ 14 ވަނަ ދުވަހު އެވެ.

އޭގެ ތެރެއިން އެކެއްގެ ހަށިގަނޑު އެ ދުވަހު ފެނިފައިވާއިރު ބާކީ ތިބި ހަތަރު މީހުންގެ ހަށިގަނޑު ފެނުނީ މި މަހުގެ 18 ވަނަ ދުވަހު އެވެ.

މި މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު، އެ މީހުން ޑައިވްކުރި ކަނޑު އަޑީގެ ހޮހަޅައިގެން ތެރެއިން ނެގީ މި މަހުގެ 19 ވަނަ ދުވަހު އެވެ. އަދި ބާކީ ތިބި ދެ މީހުން ހަށިގަނޑު ނެގީ މި މަހުގެ 20 ވަނަ ދުވަހު އެވެ.

އިޓަލީގެ ފަސް ޑައިވަރުންގެ ހަށިގަނޑުގެ ތެރެއިން އެކެއްގެ ހަށިގަނޑު ވަނީ މި މަހުގެ 19 ވަނަ ދުވަހު އިޓަލީއަށް ގެންގޮސްފަ އެވެ.

ކަނޑު ހޮހަޅާގައި މަރުވި މީހުން

  • މޮނިކާ މޮންޓެފަލްކޯން، 51، ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރެއް

  • ޖޯޖިއާ ސޮމާކަލް، 20، މޮންޓެފަލްކޯންގެ އަންހެން ދަރިފުޅު އަދި ޔުނިވަސިޓީގެ ދަރިވަރެއް

  • މިއުރިއަލް އޮޑެނީނޯ، 31، ޔުނިވަސިޓީގެ ދިރާސާވެރިއެއް

  • ފެޑެރިކޯ ގުއަލްޓިއޭރީ، 31، ޔުނިވަސިޓީގެ ދިރާސާވެރިއެއް

  • ގިއަންލޫކާ ބެނެޑެޓީ، 41، ޑައިވިން އިންސްޓްރަކްޓަރު

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު