ޚަބަރު
އިޓަލީގެ 2 ޑައިވަރުންގެ ހަށިގަނޑު ނަގައިފި
ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހަޅައަކަށް ފީނަން ގޮސް އުޅެނިކޮށް މީގެ ފަސް ދުވަސް ކުރިން މަރުވި އިޓަލީގެ ފަސް ޑައިވަރުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ފެނުން މައްޗަށް މިއަދު ނަގައިފި އެވެ. 

ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު 4 ފަތުރުވެރިން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ ހިދުމަތާއި އަދި އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ވަނީ 4 މީހުންގެ ހަށިގަނޑުވެސް ލޮކޭޓްކުރެވިފަ އެެވެ.

ގެއްލުނު 4 ފަތުރުވެރިންގެ ހަށިގަނޑު ފެނިފައިވަނީ، އެމީހުން ޑައިވް ކުރި ކޭވްގެ ތެރެއިންކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. މިމީހުންގެ ހަށިތައް ހޯދުމަށް އިޓަލީ ސަރުކާރުން ހަމަޖައްސައިގެން ރާއްޖެ އައި ފިންލެންޑުގެ ތަޖުރިބާކާރު 3 ޑައިވަރުންނަކީ، ދުނިޔޭގެ އެކި ގައުމުތަކުގައި ހިންގާފައިވާ މިފަދަ މިޝަންތަކުގައި މަސައްކަތްކޮށްފައިވާ ބައެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ. \

ހާދިސާ ހިނގި ދުވަހު އެއް ޑައިވަރެއްގެ ހަށިގަނޑު ނަގާފައި ވާއިރު އަނެއް ހަތަރު މީހުންގެ ހަށިގަނޑު ހޮހަޅައިގެ ފުނުން އިއްޔެ ވަނީ ލޮކޭޓްކޮށްފަ އެވެ. އޭގެ ތެރެއިން ދެ ޑައިވަރެއްގެ ހަށިގަނޑު މިއަދު މޫދު އަޑިން ނެގިކަން "ހޯރަ" އަށް ވަނީ ކަަށަވަރުކުރެވިފަ އެވެ. ނަމަވެސް، މިކަމާ ގުޅޭ ގޮތުން ރަސްމީ އިދާރާއަކުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.

އަނެއް ދެ ހަށިގަނޑު ނަގަން މަސައްކަތްކުރާނީ މާދަމާ އެވެ. މި ހާދިސާއަށް މުޅި ދުނިޔޭގެ ސަމާލުކަން ވަނީ ލިބިފަ އެވެ.

މި ހޮހަޅަ އުފެދިފައި ވަނީ 60 މީޓަރު (197 ފޫޓު) އަޑީގަ އެވެ. ހޮހަޅައިގެ ދިގުމިނުގައި 200 މީޓަރު (600 ފޫޓު) ހުންނާނެ ކަމަށް ލަފާކުރެވެ އެވެ. ހޮހަޅައިގެ އެތެރެ ބެހިފައި އޮތީ ތިން ބަޔަކަށެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު