ކުޅިވަރު
ވޯލްޑް ކަޕް ތަށި ހަވާލުކުރާނީ ޓްރަމްޕް: ފީފާ

އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމަށް ތަށި ހަވާލުކޮށްދޭނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަމަށް ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން ބުނެފިއެވެ.

މި މަހު 11 ގައި ފެށި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖް 26 ގައި ނިމޭނެ އެވެ. އަދި ގަދަ 32 ޓީމުގެ ބުރު މި މަހުގެ 28 އިން ޖުލައި 3 އަށް އޮންނައިރު ގަދަ 16 ޓީމުގެ ބުރު އޮންނާނީ ޖުލައި 4-7 އަށެވެ. 

ސެމީ ފައިނަލް މެޗުތައް އަންނަ މަހުގެ 14 އަދި 15 ގައި އޮންނައިރު ތިން ވަނަ ހޮވާ މެޗު ކުޅޭނީ 18 ވަނަ ދުވަހު އެވެ. ފައިނަލް މެޗު ކުޅޭނީ 19 ވަނަ ދުވަހު ނިއު ޔޯކްގެ ނިއު ޖާޒީ ސްޓޭޑިއަމްގަ އެވެ.  

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރޭ އިއުލާނު ކުރެއްވި ގޮތުގައި އަންނަ މަހުގެ 19 ވަނަ ދުވަހު އެމެރިކާގެ މެޓް ލައިފް ސްޓޭޑިއަމުގައި އޮންނަ ވޯލްޑް ކަޕްގެ ފައިނަލް މެޗަށް ޓްރަމްޕް އަންނާނެ ކަމަށާއި އަދި މޮޅުވާ ޓީމަކަށް ތަށި ހަވާލުކުރާނީ ވެސް ޓްރަމްޕް ކަމަށެވެ.

"އަޅުގަނޑުމެން ރައީސް [ޓްރަމްޕާ] އެކީގައި ފައިނަލް މެޗު ބަލައިލުމުގައި ބައިވެރިވެ، މުބާރާތް ކާމިޔާބުކުރާ ޓީމަށް ތަށި ހަވާލުކުރާނީ ވެސް އެކުގައި،" ފީފާގެ ރައީސް އިންފަންޓީނޯ 'ފޮކްސް އެންޑް ފްރެންޑްސް' ޝޯގައި ވިދާޅުވި އެވެ.

އިންފަންޓީނޯ ވަނީ ޓްރަމްޕްއާ އެކު ގާތް ގުޅުމެއް އުފައްދަވައިފަ އެވެ. މިދިޔަ އަހަރު ވޮޝިންޓަންގައި ބޭއްވި ވޯލްޑް ކަޕް ގުރުއަތުލުމުގެ ރަސްމިއްޔާތުގައި، އަލަށް ތައާރަފްކުރި ފީފާގެ ސުލްހައިގެ އެވޯޑު ވެސް އޭނާ ވަނީ ޓްރަމްޕަށް އަރުވާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު