ޚަބަރު
ވޭޕް ބޭނުންކޮށްގެން މިދިޔަ މަހު 200000 ރުފިޔާ
ހިޔާ ފްލެޓެއްގެ ތެރެއިން އަތުލައިގެން 242 ވޭޕް ފްލޭވާ ފުޅިތަކެއް - ފައިލް ފޮޓޯ
ވޭޕްއާ ގުޅޭ މައްސަލަތަކުގައި، މިދިޔަ މަހު ދެ ލައްކަ ރުފިޔާއަށްވުރެ ގިނަ އަދަދަކަށް ޖޫރިމަނާކޮށްފައިވާ ފުލުހުން ބުނެފި އެވެ.

އެ އިދާރާއިން އާއްމުކުރި މިދިޔަ މަހުގެ ތަފާސްހިސާބު ދައްކާގޮތުން، ވޭޕް/އީ-ސިނގިރޭޓު ބޭނުންކުރުމުގެ ފަސް ހާދިސާއަކާއި އެ ތަކެތި ގެންގުޅުމުގެ 15 މައްސަލައަކާއި އެ ވިއްކުމާއި ގަތުމުގެ ދެ މައްސަލަ އަދި އެކަމާ ގުޅުން ހުރި ތިން މައްސަލައެއް ރިޕޯޓުކުރި ކަމަށެވެ.

އެ މައްސަލަތަކާ ގުޅިގެން މިދިޔަ މަހު 35 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. މިދިޔަ މަހު އެކަނި ވެސް ފުލުހުން ވަނީ 226،000ރ. އިން ޖޫރިމަނާކޮށްފަ އެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު މިދިޔަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުން ވަނީ މަނާކޮށްފަ އެވެ.

ވޭޕް މަނާކުރާ ތާރީހަށްފަހު ވޭޕްކުރަން ބޭނުންކުރާ އާލާތްތައް ރާއްޖެ އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ. އަދި ވޭޕް ކުރުމަށް ބޭނުންވާ ކޮންމެ އާލާތަކަށް 10،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ 

މީގެ އިތުރުން ވޭޕްގެ އާލާތެއް ވިއްކައިފިނަމަ 20،000 ރުފިޔާއިން ޖޫރިމަނާކޮށް، ވިއްކާ ކޮންމެ އާލާތަކަށް 10،000 ރުފިޔާއިން ޖޫރިމަނާކުރާނެ އެވެ. އޭގެ އިތުރުން ވޭޕް ބޭނުންކުރާނަމަ 5،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު