ވިޔަފާރި
ދިރާގުން ދޭ ދެ ވަނަ ސްޕީޑްބޯޓުގެ ނަސީބުވެރިޔާ ހުކުރު ދުވަހު ހޮވަނީ
ދިރާގުގެ 'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގެ ދަށުން ދޭ ދެވަނަ ސްޕީޑްބޯޓް ލިބޭ ނަސީބުވެރިޔާ ހޮވުމަށް ގުރުއަތު ނެގުން އަންނަ ހުކުރު ދުވަހު ބާއްވަން އެ ކުންފުނިން ނިންމައިފިއެވެ.

ދިރާގުން ދޭ ދެ ވަނަ ސްޕީޑްބޯޓުގެ ނަސީބުވެރިޔާގެ ގުރުއަތު ނެގުމަށް ބާއްވާ ހާއްސަ ހަރަކާތް އޮންނާނީ ހުކުރު ދުވަހު ހަވީރު 4 ޖަހާއިރު އާޓިފިޝަލް ބީޗުގަ އެވެ. ދިރާގުން ބުނީ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ އެ ހަރަކާތް އޮންނާނީ މިއުޒިކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާ އެކު އާއިލާ އާއި ރައްޓެހިންނަށް ބައިވެރިވެވޭނެ ގޮތަށް ކަމަށެވެ. 

ދިރާގުން ދޭ ދެވަނަ ލޯންޗު ލިބޭނީ މިދިޔަ މާޗުގެ ނިޔަލަށް މި ޕްރޮމޯޝަންގައި އެންރޯލްކޮށްފައިވާ ކަސްޓަމަރުންގެ ތެރެއިން މިދިޔަ މަހުގެ ނިޔަލަށް ލަކީޑްރޯގައި ބައިވެރިވުމުގެ ޝަރުތު ހަމަވާ ކަސްޓަމަރުންގެ ތެރެއިން ހޮވޭ ނަސީބުވެރިއަކަށެވެ. މީގެ ތެރޭގައި ހިމެނެނީ:

  • ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންގެ ތެރެއިން 450ރ. ނުވަތަ އެއަށް ވުރެ އިތުރަށް ރީލޯޑްކޮށްގެން ބައިވެރިވި ކަސްޓަމަރުން 

  • ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށް ވުރެ މަތީ ޕްލޭންތަކަށް ނުވަތަ އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކަށް 450ރ. ނުވަތަ އެއަށް ވުރެ މަތިން ބިލް ދައްކައިގެން ބައިވެރިވި ކަސްޓަމަރުން

  • ދިރާގު ލިމިޓެއްނެތް ފައިބަ 40އެމް ނުވަތަ އެއަށް ވުރެ މަތީގެ ޕްލޭންތަކުގެ ކަސްޓަމަރުން

މީގެ އިތުރުން، ޕްރޮމޯޝަން ކުރިއަށް ދިޔަ މުއްދަތުގެ ތެރޭގައި ދިރާގުޕޭއަށް ރަޖިސްޓަރީކޮށްގެން ތިބި ކަސްޓަމަރުންނާއި އަލަށް ރަޖިސްޓަރީކުރި ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަނަށް އެންރޯލްކޮށް މި އަގުހުރި އިނާމް ހާސިލުކުރުމުގެ ފުރުސަތު އިތުރުކުރުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު