ވިޔަފާރި
ބީއެމްއެލްއިން ކިޔެވުމަށް ޑޮލަރުން ފައިސާ ދޭ ލޯނެއް ތައާރަފްކޮށްފި
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން މިދިޔަ އަހަރު ދަސްވެނިވުނު ބައެއް ދަރިވަރުން، ދަސްވެނިވުމުގެ ހަފު
ބީއެމްއެލްގެ "ކިޔަވާ" ލޯނާއި އެޑިއުކޭޝަން ފައިނޭންސިން އަށް ދޫކުރާ ލޯނު ފައިސާ ޑޮލަރުން ދޭން ނިންމައިފި އެވެ.

މިއީ އެ ބޭންކުން ދޫކުރަމުން އަންނަ ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިންއަށް ގެނައި ހެޔޮ ބަދަލެއްގެ ތެރެއިން ހުޅުވާލި ފުރުސަތެއް ކަމަށް އެ ބޭންކުން ބުނެއެވެ.

މި ބަދަލާއެކު، ބޭރު ގައުމުތަކުގައި ޕްރޮފެޝަނަލް ކޯސްތައް ފުރިހަމަކުރުމަށާއި، އެފަދަ ކޯސްތަކާ ގުޅުންހުރި ސެޓްފިކެޓް ފީ ދެއްކުމަށް ސީދާ ޑޮލަރުން ފައިނޭންސް ލިބޭނެ ގޮތް މިހާރު ވަނީ ހަމަޖެހިފަ އެވެ.

ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، މިއީ ބޭންކުގެ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ގެނައި ބަދަލެއް ކަމަށެވެ.

އެޑިއުކޭޝަން ލޯނާއި އެޑިއުކޭޝަން ފައިނޭންސިން އަށް ޑޮލަރުން ދޫކުރާ ލޯނު އަނބުރާ ދައްކަން ޖެހޭނީ ވެސް ބީއެމްއެލްގެ އުސޫލުތައް ހަމަޖެހިފައި އޮންނަ ގޮތުން ޑޮލަރުންނެވެ. 

ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ހައިސިއްޔަތުން ބީއެމްއެލް އިން އަންނަނީ ދަރިވަރުންގެ ތަޢުލީމީ އުންމީދުތައް ހަގީގަތަކަށް ހެދުމަށް އީޖާދީ އަދި ފަސޭހައިން ލިބޭނެ މާލީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް ބޭންކުން ބުނެއެވެ. ރަހުނަކާ ނުލައި ދޫކުރާ މި އާ ފައިނޭންސިންގއާ ގުޅޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ރަސްމީ ވެބްސައިޓުގައިވާ ކިޔަވާ ލޯނާ ގުޅޭ ހާއްސަ ސަފުހާއިން ލިބެން އެބަހުއްޓެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު