ޕީޖީން ދައުވާކުރަން ހުށަހެޅި މައްސަލަތައް އިތުރުވެއްޖެ
ޔޫނުސް އިބްރާހިމް
19 ޖުލައި 2026 - 14:07
0 comments

ނިމިދިޔަ ޖޫން މަހުގެ ތެރޭގައި ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ޖުމްލަ 228 މައްސަލައެއް ބަލައިގެންފައިވާކަމަށް އެ އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. މިއީ، މެއި މަހު އެއޮފީހުން ދައުވާ ކުރަން ކޯޓަށް ހުށަހެޅި މައްސަލަތަކަށް ވުރެ އިތުރު އަދަދެކެވެ.
އެތަނުން މިިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މެއި މަހާ އަޅާބަލާއިރު ޖޫން މަހު ބަލައިގަތް މައްސަލަތަކުގެ އަދަދު 59.4 ޕަސެންޓް އިތުރެވެ. ޖޫން މަހު ޖުމްލަ 265 މައްސަލައެއްގައި ދައުވާ ކުރުމަށް ކޯޓުތަކަށް ވަނީ ފޮނުވާފައިވާ އިރު، މިއީ މެއި މަހު ދައުވާ ކުރުމަށް ހުށަހެޅި 263 މައްސަލައާ އަޅާބަލާ އިރު އިތުރު އަދަދެކެވެ.މީގެ އިތުރުން، ކޯޓުތަކުގައި ކުރިއަށް ދިޔަ ޝަރީޢަތްތަކަށް ޕީޖީ އޮފީހުގެ ވަކީލުން ހާޒިރުވި މިންވަރުވެސް މިދިޔަ މަހު އިތުރުވެ. އެގޮތުން މެއި މަހު 1،150 އަޑުއެހުމަކަށް ހާޒިރުވެފައިވާ އިރު، މިދިޔަ މަހު އެ އަދަދު 1،207 އަށް އަރަ އެވެ.މިދިޔަ މަހު އެންމެ ބޮޑަށް އިތުރީ ޑިއުޓީ ޕްރޮސެކިއުޝަން ނުވަތަ ތަހުޤީޤީ އިދާރާތަކަށް މައްސަލަތަކުގައި ލަފާދިން މިންވަރެވެ. މެއި މަހު 447 މައްސަލައެއްގައި ލަފާދީފައިވާއިރު، ޖޫން މަހު 683 މައްސަލައެއްގައި ޕީޖީ އޮފީހުން ވަނީ ލަފާ ދީފައިވެ އެވެ.ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނީ އެ އޮފީހުގެ މަސައްކަތްތައް ހަރުދަނާކޮށް އަވަސްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މިގޮތުން ބައެއް ބާވަތުގެ މައްސަލަތަކުގައި ތަހުގީގު އިދާރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ޕްރޮސެކިއުޝަން ޓީމުތަކެއް އެކުލަވާލާފައިވާކަން އެ އޮފީހުން ފާހަގަކުރެއެވެ.މީގެ އިތުރުން، ތަފާތު އިދާރާތަކާ ގުޅިގެން މައްސަލަތައް ހުށަހެޅުމުގައި ހުންނަ ހުރަސްތައް ނައްތާލުމަށާއި، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން މައްސަލަތައް އަވަހަށް ނިންމުމަށް ކުރަންޖެހޭ މަސައްކަތްތައް ޕީޖީ އޮފީހުން ދަނީ މެދުކެނޑުމެއް ނެތި ކުރަމުންނެވެ.
ކިޔުންތެރިންގެ ޝުއޫރު