ބީއެމްއެލްގެ އިތުރު 7 ބްރާންޗެއްގެ ހިދުމަތްފަށައިފި
ޔޫނުސް އިބްރާހިމް
15 ޖުލައި 2026 - 12:24
0 comments
ބީއެމްއެލް އިން އިތުރު 7 ބްރާންޗު ހުޅުވަނީ - ފޮޓޯ/ރައީސް އޮފީސް
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭންކިން ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތުގެ ދަށުން، އިތުރު ހަތް ބްރާންޗުގެ ހިދުމަތްފަށައި ބޭންކިން ވިއުގަ ފުޅާކޮށްފި އެވެ.
މިއަދު ހެނދުނު މާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ބްރާންޗުތައް ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.އަލަށް ހިދުމަތް ފެށި ބްރާންޗުތައް ގާއިމުކޮށްފައިވަނީ ހއ. ހޯރަފުށި، ށ. ކަނޑިތީމު، ރ. އަލިފުށި، ޅ. ހިންނަވަރު، އދ. މާމިގިލި، ގއ. ގެމަނަފުށި އަދި ލ. މާވަށުގައެވެ."ބޭންކް އޮފް މޯލްޑިވްސްއަށް ލިބޭ ކުރިއެރުން އަޅުގަނޑުމެން އިންވެސްޓް ކުރަނީ މުޖުތަމައުތަކުގައި ބޭންކުގެ ހިދުމަތްތައް ފުޅާކުރުމަށް،" މިއަދުގެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި އެވެ."ބޭންކަށް ލިބޭ މާލީ ކުރިއެރުމުގެ ސަބަބުން މުޅި ރާއްޖެއަށް ފެތުރިފައިވާ އަޅުގަނޑުމެންގެ ވިއުގައަށް އިންވެސްޓްކޮށް، ކޮންމެ ދިވެއްސަކާ ގާތުން ބޭންކިން ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު ލިބިގެންދޭ. މީގެ ސަބަބުން ފަރުދުންނާއި ވިޔަފާރިތަކަށް ބޭނުންވާ މާލީ ހިދުމަތްތައް ފަސޭހަކަމާ އެކު ލިބި، އެ ފަރާތްތަކުގެ ކުރިއެރުމަށް މަގުފަހިވެގެންދާނެ."ބީއެމްެއެލްގެ ވިއުގަ
ބީއެމްއެލް އިން އަންނަނީ ރާއްޖޭގެ އެންމެ ބޮޑު ބޭންކިން ވިއުގަ ހިންގަމުންނެވެ. މީގެ ތެރޭގައި:- 20 އަތޮޅުގައި ހުރި 55 ބްރާންޗު
- 340 އޭޓީއެމް
- އެންމެ ޒަމާނީ ޑިޖިޓަލް ބޭންކިންގެ ވަސީލަތްތައް
ކިޔުންތެރިންގެ ޝުއޫރު