ވިޔަފާރި
ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ތާރު އަޅައިފި
ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން ފުރަތަމަ ފިޔަވަހީގައި ހިމެނޭ 5 ސެގްމެންޓުގައިވެސް ތާރުއަޅައިފިއެވެ. އެއީ ހެންވޭރު ފެރީ ޓާމިނަލުން ރަސްމީ ފާލަމާ ހަމައަށް އޮންނަ ސަރަހައްދެވެ.

އެމްޓީސީސީ އިން ބުނީ ސެމްގަމްޓް 4 އަދި 5 ގެ މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ޕާކިން ޒޯން ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު، ސެގްމަންޓް 2 އަދި 3 ގެ ދުވާރު ހެދުމާއި ކޭބަލް އެޅުމަށް ބޭނުންވާ ޓްރެންޗްތައް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްޓީސީސީ އިން ބުނެފައިވެ އެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ފަޅުން ބައެއް ޝީޓްޕައިލްކޮށް ހިއްކައިގެން މަގު ވަނީ ފުޅާކޮށްފަ އެވެ. 

ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ދަށުން ނޯތު ހާބަރުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް ތާރު އަޅައި އެ ތަން މިހާރު އަންނަނީ ބޭނުންކުރަމުންނެވެ. އެ މަގު ފުޅާކުރުމުގެ ސަބަބުން އެ ސަރަހައްދުގެ ތޮއްޖެހުމަށް ވަރަށް ބޮޑަށް ލުޔެއް ވަނީ ލިބިފަ އެވެ.

ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން ބޭރު މަގު ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު އެއީ 455 ދުވަސް ތެރޭ ނިންމަން ޖެހޭ މަޝްރޫއުއެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު