
މިނިސްޓްރީ އޮފް ހެލްތް، ފެމިލީ އެންޑް ވެލްފެއާގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރު، އިބްރާހިމް އިސްމާއީލް އަލީއެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، އަހުމަދު މުބީނެވެ.އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން 40 މީހުންގެ ޖާގައިގެ 2 ފަންގިފިލާގެ އިމާރާތެއް ބިނާ ކުރެވޭނެ ކަމަށެވެ. މި މަސައްކަތުގެ ތެރޭގައި ސިއްހީ ހިދުމަތްދޭ ތަނަކާއި، އިދާރީ އޮފީހަކާއި އަދި އެހެނިހެން ޒަރޫރީ ހިދުމަތް ދިނުމަށް ބޭނުންވާ ތަނެއް އިމާރާތް ކުރުން ހިމެނޭ ކަމަށެވެ.މީގެ އިތުރުން ރިކްރިއޭޝަން ކަންކަމަށް ވެސް ސަރަހައްދެއް ހާއްސަކުރެވިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.އެމްޓީސީސީއާ މަޝްރޫއު ހަވާލުުކުރީ މަސައްކަތް ފަށާތާ 360 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 37.46 މިލިއަން ރުފިޔާއަށެވެ.