ށ. ފުނަދޫގައި މިއަދު ހެނދުނު 8:00 ހާއިރު ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި
ހުނައިދާ ޔާސިރު
25 އޮކްޓޫބަރ 2026 - 13:39
0 comments
ފުނަދޫ ޕެޓްރޯލް ޝެޑްގައި ރޯވެ އަނދަނީ.
ށ. ފުނަދޫގައި ހުންނަ ޕެޓްރޯލް ޝެޑެއްގައި އަލިފާން ރޯވިތާ ތިންގަޑިއިރަށްވުރެ ގިނައިރު ވެފައިވާއިރު، އަދިވެސް އަލިފާން އެއްކޮށް ކޮންޓްރޯލް ނުވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީގެ ރަސްމީ އެކްސް އެކައުންޓުގައި ދާދި ދެންމެއަކު އެ އިދާރާއިން ކުރި ޕޯސްޓެއްގައި ބުނީ އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކޮށްފައިވާއިރު، އެ ހާދިސާގައި އެއް ގެ އަނދައި ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށެވެ. އަދި، އިތުރު ތިން ގެއަކަށް އަލިފާނުގެ ސަބަބުން އެކިވަރުގެ ގެއްލުންވެފައިވާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.އަލިފާން ރޯވީ ފުނަދޫގައި ހުންނަ ހަމައެކަނި ޕެޓްރޯލް ޝެޑުގަ އެވެ. އެއީ އެ ރަށުގައި އަމިއްލަ ބަޔަކު ހިންގާ ވިޔަފާރި އެކެވެ.އެމްއެންޑީއެފުން ދެންމެ ބުނީ، އަލިފާނުގެ 90 ޕަސެންޓް މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.ފުނަދޫއިން ވާހަކަދެއްކި މީހަކު ބުނީ ހެނދުނު 9:45 ހާއިރު އެ ރަށަށް ޖައްސަން އޮތް މޯލްޑިވިއަންގެ ބޯޓު ވެސް، ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވާ ކަމަށެވެ. އަދި އަލިފާން ނިއްވަން އެއާޕޯޓުގެ ފަޔަ ލޮރީތައް ބޭނުންކުރާތީ ފުނަދުއިން ބޯޓު ފުރޭނެ އިރެއް ނޭނގޭ ކަމަށް އޭނާ ބުންޏެވެ. ދުމުގެ އަސަރު ކުރާތީ ސްކޫލުގެ ކިޔެވުން ވެސް ވަނީ މެދުކަނޑާލައިފަ އެވެ.