ޚަބަރު
ތާރުއެޅުމަށް މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު މިރޭ ބަންދުކުރަނީ
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގުގައި ތާރުއެޅުމުގެ މަސައްކަތް ކުރުމަށް އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް މިރެއިން ފެށިގެން ބަންދުކުރަން ނިންމައިފި އެވެ.

ތާރު އެޅުމަށްޓަކައި ބަންދުކުރާ ސަރަހައްދުގެ ޗާޓެއް އާންމުކޮށް ފުލުހުން މިއަދު ބުނީ މިރޭ 12:00 އިން ފެށިގެން ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުގެ މަގުތައް ބަންދުކުރެވޭނެ ކަމަށެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ޖުމްހޫރީ މައިދާނުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހިމެނޭ ސަރަހައްދުގެ މަސައްކަތްތަކެވެ. 

މި ބޮޑު މަޝްރޫއު ނިމުމުން، މާލޭގެ އުތުރު ފަރާތުގެ މައި ބަނދަރު ހިމެނޭ ސަރަހައްދުގެ މަގުތަކަކީ ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ލިބިފައިވާ، ދުއްވާ އެއްޗެއްސަށާއި ހިނގާބިގާވެ އުޅޭ މީހުންނަށް ރައްކާތެރި، ޒަމާނީ ފެންވަރުގެ މަގުތަކަކަށް ވެގެންދާނެ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ބުނެފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު