
ސަރުކާރުން އެންމެ ފަހުން އާރުޓީއެލްގެ ހިދުމަތް ފެށީ ލ. އަތޮޅުގަ އެވެ. އޭގެކުރީން ގިނަ އަތޮޅުތަކެއްގައި މި ސަރުކާރުން ވަނީ އާރުޓީއެލްގެ ހިދުމަތް ފަށައިފަ އެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ބުނާ ގޮތުން މ. އަތޮޅުގައި އާރްޓީއެލްގެ ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރަމުން އަންނަ ކަމަށެވެ.މ. އަތޮޅުގެ އިތުރުން ދެން މިި ހިދުމަތް ފެށުމަށް ބާކީ އޮތީ ޒޯން ތިނެއްގައި ހިމެނޭ ކ، އއ، އދ އަދި ވ. އަތޮޅެވެ.