ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
ބޮޑުތަކުރުފާނު މަގުގައި އަލަށް ތާރުއެޅި ސަރަހައްދު ހުޅުވާލައިފި
އަބްދުﷲ މައުރޫފް
24 ޖުލައި 2026 - 20:48
0
comments
Tweet
Telegram
މާލޭގެ ބޮޑުތަކުރުފާނު މަގުގައި ޒަމާނީ ފެންވަރަށް ފަހުން ހެދި ބައި އާންމުންނަށް ހުޅުވާލައި، މާލޭގެ މަލަމަތި ބަދަލުކޮށްލައިފި އެވެ.
ންމުންނަށް ހުޅުވާލާފައިވަނީ ބޮޑުތަކުރުފާނު މަގުގެ ހެންވޭރު ފެރީ ޓާމިނަލްއިން ފެށިގެން އެމްއެމްއޭއާ ހަމައަށް 4 ލޭންއަށް ފުޅާކޮށް ތަރައްޤީކޮށްފައިވާ ސަރަހައްދެވެ.
އެމްޓީސީސީ އިން ބުނީ ބޮޑުތަކުރުފާނު މަގުގައި އަދިވެސް ބައެއް ކުދި ކުދި މަސައްކަތް ދަނީ ކުރިއަށެވެ. އެގޮތުން އެއްގަމު ތޮށީގައި ހުރި ސިޑިތަކުގައި ރެއިލިން ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މި ސިޑިތައް ފާހަގަކުރުމުގެ ގޮތުން ރަތްކުލައިގެ ދަވާދުލާފައިވާ ކާބް ސްޓޯން ސިޑިކައިރީގައި ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްޓީސީސީން މައުލޫމާތުދެ އެވެ.
މާލޭ ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން މިހާރު ތަރައްޤީކުރަމުންދާ ސަރަޙައްދުގައި ގަސް އިންދުމުގެ ޙަރަކާތެއްވެސް އިއްޔެ ވަނީ ކުރިއަށްގެންގޮސްފަ އެވެ. އެގޮތުން މިހާތަނަށް ހެންވޭރު ފެރީ ޓާމިނަލްއިން ފެށިގެން މާލެ ނޯތު ހާބަރާއި ހަމައަށް މުޅިއަކު 3,100 އަށްވުރެ ގިނަ ގަސް ވަނީ އިންދާފައެވެ.
މިއީ، ބޮޑުތަކުރުފާނު މަގުގެ ހެންވޭރު ފެރީ ޓަރމިނަލްއިން ފެށިގެން އެމްއެމްއޭ ސަރަހައްދާއި ހަމައަށް އަލަށް ނިމިފައިވާ ސަރަހައްދު ފެހިކޮށް ޒީނަތްތެރިކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. ހަމައެހެންމެ، 2024 ވަނަ އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި، ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ފައްޓަވައިދެއްވި 5 މިލިއަން ގަސް އިންދުމުގެ ޤައުމީ ޕްރޮގްރާމާ ގުޅުވައިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
ބޮޑުތަކުރުފާނު މަގުގެ މި ބައި ތަރައްގީކޮށްފައިވަނީ ފަޅުތެރެއިން ބައެއް ހިއްކައިގެން މަގު ފުޅާކުރުމަށްފަހު ތާރު އަޅައިގެންނެވެ. މަގުގެ މި ސަރަހައްދުގައި ޕާކްކުރުން މަނާކޮށްފައިވާއިރު، ބޭންކް އޮފް މޯލްޑިވްސް ކުރިމަތީގައި 500 ސައިކަލުގެ ޖާގައިގެ ޕާކިން ޒޯނެއް ވަނީ ގާއިމުކޮށްފަ އެވެ.
ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން މަގު ފުޅާކޮށް، ޒަމާނީ ފެންވަރަށް ތާރުއަޅައިގެން ތަރައްގީކުރުމުން މާލޭގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބިގެން ދާނެ އެވެ. އަދި މި މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާގެ ނިޒާމު އަޕްގްރޭޑް ކުރުމާއި، ފެން ހިންދާ ޒަމާނީ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ވަނީ ކޮށްފަ އެވެ.
މި މަޝްރޫއުގެ ދަށުން ދެން ފަށާނީ ނޯތު ހާބަރުން ފެށިގެން ރަސްފަންނާ ހަމައަށް އޮތް ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
10 ދުވަސް ކުރިން
0
ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ތާރު އަޅައިފި
17 ދުވަސް ކުރިން
0
ބޮޑުތަކުރުފާނު މަގުން ހަދަމުން އަންނަ ބައިގައި ތާރު އަޅަން ފަށައިފި
29 ދުވަސް ކުރިން
0
ފުނަދޫގައި އިސްރަށްވެހިންގެ ހިޔާވަހި ގާއިމު ކުރަން އެމްޓީސީސީއަށް
1 މަސް ކުރިން
0
ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ބޯޑަށް ބަދަލު ގެނެސްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ޕަބްޖީ ނެޝަނަލް ޗެމްޕިއަންޝިޕްގެ ސްޕޮންސަރަކަށް އުރީދޫ
8 ގަޑިއިރު ކުރިން
0
ބަންގްލަދޭޝްގެ ރައީސް ޝަހާބުއްދީން އިސްތިއުފާ ދެއްވައިފި
11 ގަޑިއިރު ކުރިން
0
ދެ ހަރަމްފުޅުގެ ހާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
11 ގަޑިއިރު ކުރިން
0
މޯލްޑިވްސް ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިން ޕާޓްނަރަކަށް ބީއެމްއެލް
1 ދުވަސް ކުރިން
0