
މި މުބާރާތަކީ ކުރިއަށް އޮތް ސަރަހައްދީ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކުރާނެ ޓީމެއް ހޮވަން ބާއްވާ މުބާރާތެކެވެ. މި މުބާރާތަކީ ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް ބައިނަލްއަގުވާމީ އީ-ސްޕޯޓްސް މުބާރާތް ކަމަށްވާ ޕަބްޖީ މޯބައިލް ގްލޯބަލް ޗެމްޕިއަންޝިޕް އަށް ކޮލިފައިވުމަށް ރާއްޖޭގެ ޓީމްތަކުން ކުރާ ދަތުރުގެ ފެށުމެވެ.މުބާރާތް ކުރިއަށް ދާނީ ތިން މަރުހަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން، ޖުލައި 24-26 އަށް "އިން-ގޭމް ކޮލިފައިންގް" ސްޓޭޖް 2 އޮންލައިންކޮށް ކުރިއަށްދާ އިރު، އަންނަ މަހުގެ 3-7 އަށް "ނޭޝަނަލް ނޮކްއައުޓްސް-ސަވައިވާސް ސާކަލް" އޮންލައިންކޮށް ކުރިއަށް ދާނެ އެވެ.މުބާރާތުގެ ފޯރިގަދަ "ލޭން ނޭޝަނަލް ފައިނަލްސް" ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 13-15 އަށެވެ.މި މަރުހަލާގައި ރާއްޖޭގެ އެންމެ މޮޅު ޓީމުތަކުން ގައުމީ ޗެމްޕިއަންކަން ހޯދުމަށް ވާދަކުރާނެއެވެ.ޕާޓްނަޝިޕްއާ ގުޅޭގޮތުން އޫރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު، ހުސެން ނިޔާޒު ވިދާޅުވީ، ގޭމިންގަކީ ހަމައެކަނި މުނިފޫހިފިލުވުމުގެ ވަސީލަތެއް ނޫން، އެއީ ޒުވާން ހުނަރުވެރިންނަށް އައު ފުރުސަތުތަކެއް ހުޅުވާލަދޭ މުހިންމު ޕްލެޓްފޯމެއް ކަމަށެވެ. އެގޮތުން އޫރީދޫ ނޭޝަން މެދުވެރިކޮށް ކުޅުންތެރިންނަށް ވާދަވެރި މާހައުލެއްގައި ކުރިއަށް ދިއުމުގެ ފުރުސަތު ފަހިކޮށްދީ، ރާއްޖޭގެ އީ-ސްޕޯޓްސް ދާއިރާ ތަރައްގީކުރުމުގައި އޫރީދޫން އަބަދުވެސް ދެމިއޮންނާނެ. ކަމަށް ވިދާޅުވި އެވެ."އޫރީދޫ ނޭޝަން މެދުވެރިކޮށް ކުޅުންތެރިންނަށް ވާދަވެރި މާހައުލެއްގައި ކުރިއަށް ދިއުމުގެ ފުރުސަތު ފަހިކޮށްދީ، ރާއްޖޭގެ އީ-ސްޕޯޓްސް ދާއިރާ ތަރައްގީކުރުމުގައި އޫރީދޫއިން އަބަދުވެސް ދެމިއޮންނާނެެ. އަދި ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕަކީ ރާއްޖޭގެ ކުޅުންތެރިން ބާރުވެރިކުރުވައި، ކުޅުންތެރިންގެ ހުނަރު ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ދައްކާލުމަށް ލިބޭ އަގުހުރި ފުރުސަތެއް،" ނިޔާޒު ވިދާޅުވި އެވެ.