ވިޔަފާރި
މާލޭ ޓެކްސީ އެޕް އެޕަލް ޑިވައިސްތަކަށް ދީފި
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ގްރޭޓާ މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ހިދުމަތްތައް ހޯދާ ފަރާތްތަކަށް ފަސޭހަކަމާއެކު ޓެކްސީގެ ހިދުމަތް ފޯރުކޮށްދިނުމަށް ތައާރަފް ކުރި މާލެ ޓެކްސީ ލައިންގެ އެޕްލިކޭޝަން އެޕަލްގެ އެޕް ސްޓޯރަށް ރަސްމީކޮށް ލޯންޗްކޮށްފި އެވެ.

މާލޭ ޓެކްސީ ލައިން މެދުވެރިކޮށް މީގެ ކުރިން އުޅަނދު ހޯދަން ޖެހެނީ ހޮޓްލައިން ނަމްބަރު 1655 އަށް ގުޅައިގެންނާއި އެމްޓީއެލް ވެބް އެޕް މެދުވެރިކޮށެވެ. ހިދުމަތް ހޯދުމަށް ފަހު ފައިސާ ދައްކަން ޖެހެނީ ވެބް ލިންކެއް މެދުވެރިކޮށެވެ.

އެންޑްރޮއިޑް ކަސްޓަމަރުންނަށް ގޫގުލް ޕްލޭ ވާޝަން މެދުވެރިކޮށް ވަރަށް އަވަހަށް އެ އެޕް ތައާރަފުކުރާނެ ކަމަށް އެ ކުންފުނިން ބުންޏެެވެ. 

މާލޭ ޓެކްސީ ލައިންގެ ހިދުމަތް އަލަށް ހޯދާ މީހެއް ނަމަ ފުރަތަމަ ޖެހެނީ އެޕް މެދުވެރިކޮށް ރަޖިސްޓްރީ ކުރާށެވެ. އަދި އެޕްލިކޭޝަންގެ ހޯމް ޕޭޖުގައިވާ "ބުކް ނައު" އަށް ފިތާލައި ދަތުރު ފަށަން ބޭނުންވާ ތަނާއި ދާން ބޭނުންވާ ތަން ފާހަގަކުރުމަށް ފަހު، ލޮކޭޝަން ކޮންފާމް ކުރާށެވެ.

ސަރުކާރުގެ ޓެކްސީލައިން އެޕްލިކޭޝަން ރަސްމީކޮށް ކޯންޗު ކުރިއިރު، މި އެޕްލިކޭޝަން ހެދުމުގައި ކޮރަޕްޝަން އޮތް ކަމަށް ބުނާ މައްސަލައެއް މީގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ވެސް ވަނީ ހުށަހަޅައިފަ އެވެ. މި މައްސަލަ މަޖިލީހަށް ހުށަހެޅީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ 

ޓެކްސީ ހިދުމަތް ފެށުމުގެ ކުރިން، އެ ހިދުމަތް ދިނުމަށް އެޕްލިކޭޝަނެއް ތައްޔާރު ކުރުމަށް 13 މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލު ކުރި ކަމަށާއި އެ މުއާމަލާތް ކުރިއަށް ގެންދިޔައީ ވާދަވެރި ބީލަމަކަށް ނުގޮސް ހިޔާނާތަށް މަގުފަހިވާ ގޮތަށް ކަމަށް ތުހުމަތުތައް ކޮށްފައިވެ އެވެ. ނަމަވެސް މި ތުހުމަތުތަކާ ގުޅޭ ގޮތުން އެމްޓީސީސީން އެއްވެސް އެއްޗެއް ނުބުނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު