
ހައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ޖުމްލަ 4 ފްލައިޓެއްގަ އެވެ. އެއީ ސައުދިއާ އެއާލައިންސްގެ 2 ފްލައިޓާއި މޯލްޑިވިއަންގެ 2 ފްލައިޓެއްގަ އެވެ. އެގޮތުން ފުރަތަމަ ފްލައިޓުގައި މިމަހުގެ 5 ވަނަ ދުވަހު ހައްޖުވެރިންގެ ފުރަތަމަ ގްރޫޕު ރާއްޖެ އަންނާނީ ސައުދިއާ އެއާލައިންގެ ފްލައިޓެކެވެ. އެ ފްލައިޓް ވެލާނާ އިންޓަރނޭޝާނަލް އެއާޕޯޓުގައި ޖެއްސުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން ގަޑިން 14:00 ގައެވެ. ބާކީ ހައްޖުވެރިން އަންނާނީ މި މަހުގެ 7،8 އަދި 9 ގައި އެވެ.