
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ސިލްސިލާ ޕޮޑްކާސްޓް "ދަ ޕަލްސް"ގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސްގެ އޮފީހުގެ މީސްމީޑިއާ މަންސަތަކުގައި މިއަދު ޝާއިއުކުރެވުނު މި އެޕިސޯޑް ހާއްސަ ކުރެވިފައިވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގަމުންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށެވެ.އެގޮތުން، ޒަމާނީ ފެންވަރުގެ ކައުންސިލް އިދާރާތައް ބިނާކުރުމަށް ފަށާފައިވާ މަޝްރޫއުތަކުގެ މަސައްކަތްތައް ނިންމައި، އަންނަ އަހަރުގެ މެދު ތެރޭގައި އެ އިދާރާތަކުގެ ބޭނުން ހިފޭނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށް ރައީސް ވިދާޅުވި އެވެ.އެ ކަމުގެ އިތުރަށް، ކައުންސިލް އިދާރާތަކުގެ ތަރައްގީއަށް ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާ ކަމަށާއި ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި 100 ވަރަކަށް ރަށުގައި، ކައުންސިލް އިދާރާތައް ހިންގާނީ އާ އިމާރާތްތަކެއްގައި ކަމަށް ގަބޫލުކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ."އަޅުގަނޑު އުންމީދު ކުރެވެނީ ހަމަ ވަރަށް ބޮޑަށް ގަބޫލުކުރެވޭ މިއަންނަ އަހަރުގެ މެދުތެރެއަށްދާއިރު މި 55 ރަށުގެ ކައުންސިލް އިދާރާތައް ނިމިގެން ބޭނުންކުރަން ފެށޭވަރު ކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.