ޚަބަރު
މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްގީކުރުމަށް ސާވޭތައް ފަށައިފި
މާލެ އަދި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ކުރެހުންތަކަށް ބޭނުންވާ ދިރާސާތައް މިއަދު ފަށައިފި އެވެ.

މާލޭގެ މަގުތަކާއި، ވިލިމާލޭގެ ހުރިހާ މަގުތަކެއް ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ، ޗައިނާގެ ހިލޭ އެހީގެ ދަށުންނެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނީ، މިއަދު ފެށި އެ މަސައްކަތުގެ ތެރެއިން ކުރާނީ، މަގުތައް ޒާމާނީކުރުމަށް ތަފްސީލީ ކުރެހުންތައް އެކުލަވައިލުމަށް ބޭނުންވާ ސާވޭތަކާއި ދިރާސާތައް ކަމަށެވެ.

އަދި މަސައްކަތާގުޅޭ ސަރަހައްދުތައް ސާވޭކުރުމާއިި ކަމާ ގުޅުންހުރި ފަރާތްތަކާ އެކު ބާއްވާ މަޝްވަރާ ބައްދަލުވުންތަކެއް ވެސް ކުރިއަށްދާނެ އެވެ. މި މަސައްކަތް އަންނަ މަހު 4ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު