ޚަބަރު
ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން 160 އަށް ވުރެ ގިނަ ބިން ހަވާލުކޮށްފި
ގުޅީފަޅުން ދޫކުރި ގޯތިތައް ލިބުނު ބަޔަކު އެތަން ބަލަން ގޮސް
ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ބިން ހަވާލުކުރުމުގެ މަސައްކަތުގެދަށުން މިހާތަނަށް 160އަށްވުރެ ގިނަ ބިން ހަވާލުކޮށްފައިވާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފި އެވެ.

ގުޅީފަޅުން ދޫކުރަން ނިންމާފައިވަނީ 2،438 ގޯއްޗެވެ. އެތަނުން ބިން ލިބުނު މީހުންނަށް ގޯތި ލިބޭ ސަރަޙައްދާއި ޕްލޮޓް ކަނޑައެޅުމަށް، އައު ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް ވަނީ ގުރުއަތު ނަގާފަ އެވެ. އެއްބަސްވުމުގައި ސޮއިކުރުމާއި ރަޖިސްޓްރީ ހަވާލުކުރުމުގެ އިތުރުން ބިން ހަވާލުކުރުމުގެ މަސައްކަތްވެސް މިހާރު އަންނަނީ ކުރަމުންނެވެ.

ގުޅިފަޅުން 7 ސައިޒެއްގެ ބިން ދޫކުރުމަށްވަނީ ހަމަޖެހިފަ އެވެ. މީގެތެރޭގައި 1250 އަކަފޫޓާއި 3650 އަކަފޫޓާއި ދެމެދުގެ ސައިޒުގެ ގޯތި ހިމެނެއެވެ.

ގުޅީފަޅުން ބިން ހަވާލުކުރުމުގެ މަސައްކަތް ކުރަމުންއަންނައިރު، އެ ބިން ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. އެގޮތުން އެތަނުގެ މަގުތަކާއި ޔުޓިލިޓީ ޚިދުމަތްތައް ޤާއިމުކުރުމަށް ބޭނުންވާ ވަސީލަތްތައް ތަރައްގީކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ވަނީ ހަވާލުކޮށްފަ އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު