ޚަބަރު
ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި މާލީ ބަޔާން ހުށަހަޅާފައިނުވާ 3 ޕާޓީއެއް ޖޫރިމަނާކޮށްފި
އިލެކްޝަންސް ކޮމިޝަނުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: އީސީ
މާލީ ބަޔާނާ ގުޅިގެން ތިން ޕާޓީއެއް، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޖޫރިމަނާކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ހަސަން ޒަކަރިއްޔާ އަދަދު އަށް ވިދާޅުވީ ކަނޑައަޅާފައި އޮތް މުއްދަތުގެ ތެރޭގައި އޮޑިޓް ރިޕޯޓް ހުށަނޭޅުމުން 50،000ރ. ގެ އަދަދަކުން ޖޫރިމަނާކުރީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަދި އަދާލަތު ޕާޓީ ކަމަށެވެ. 

ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާގޮތުން ކޮންމެ އަހަރަކު ވެސް ޕާޓީތަކުގެ މާލީ ބަޔާން، ކަނޑައެޅޭ މުއްދަތެއްގައި އީސީއަށް ހުށަހަޅަން ޖެހެ އެވެ.

އަހަރެއް ނިމުމުން، ހިނގަމުންދާ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި، އޭގެ ކުރީ އަހަރުގެ އަހަރީ ރިޕޯޓާއެކު މާލީ ބަޔާން ވެސް ހުށަހަޅަންޖެހެ އެވެ. 

އެއާ އެއްގޮތަށް އަމަލުނުކުރުމުން މީގެ ކުރިން ވެސް އީސީން ވަނީ ޕާޓީތަކެއް ޖޫރިމަނާކޮށްފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު