ޕީޕީއެމް އުވާލި ސަބަބު ސާފުކޮށްދިނުމަށް ހުށަހަޅައިފި
އަބްދުﷲ މައުރޫފް
16 އޯގަސްޓް 2026 - 15:50
0 comments
އަލީ އާދަމް މިއަދު އިލެކްޝަން ކޮމިޝަނަށް ސިޓީ ހުށަހަޅަނީ - ފޮޓޯ: ތޭރަ އޮންލައިން
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑްވްސް (ޕީޕީއެމް) އުވާލި ސަބަބު ސާފުކޮށްދިނުމަށާ އިތުރު ހަ ކަމެއް ސާފުކުރުމަށް އިލެކްޝަން ކޮމިޝަން (އީސީ)އަށް ހުށަހަޅައިފި އެވެ.
އެކަން ސާފުކުރުމަށް ހުށަހެޅީ ޕީޕީއެމްގެ އެއް ފައުންޑިން މެމްބަރު އަދި ޕީޕީއެމް އުވާލިއިރު އެ ޕާޓީގެ ސެނެޓަރަކަށް ހުންނެވި، އިސްލާމިކު މިނިސްޓްރީގެ ކުރީގެ ނައިބު އަލީ އާދަމް އެވެ.މިއަދު އޭނާ ފޮނުއްވި ސިޓީގައި ބުނެފައި ވަނީ ޕީޕީއެމްއަކީ ވަރަށް ގިނަ ބަޔަކު ތާއީދުކުރި ލޯބިކުރި ޕާޓީއެއް ކަމަށެވެ. އުވައިލުމާ ހަމައަށް ވެސް ޕީޕީއެމްއަކީ ރާއްޖޭގައި އެންމެ މެންބަރުން ގިނަ އެއް ޕާޓީކަން އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ."ޕީޕީއެމްގެ ގިނަ މެންބަރުންތަކަކަށް ވާނުވާ ނޭނގޭ ގޮތަށް، އެ ވަގުތު ޕާޓީގެ ލީޑަޝިޕްގައި ތިބި ބަޔަކު ސިޔާސީ މަގުސަދުތަކެއް ހާސިލުކުރުމުގެ ބޭނުމުގައި މަކަރުވެރި އަދި، ވަރަށް ހީލަތްތެރި ގޮތަކަށް ޕާޓީގެ އާންމު މެންބަރުންނަށް ނޭނގި، ޕާޓީ އުވައިލުމަށް ނިންމި އެވެ،" އެ ސިޓީގައި ބުނެފައިވެ އެވެ."އެކަމުގެ ޝަކުވާތައް އާންމު މެންބަރުންގެ ފަރާތުން ފާއިތުވި ދޮޅު އަހަރެއްހާ ދުވަހު އަޅުގަނޑަށް ލިބެމުންދެ އެވެ."ޕީޕީއެމް އުވައިލުމާ ބެހޭގޮތުން ހަތްކަމެއް ސާފުކޮށްދިނުމަށް އަލީ ފޮނުވި ސިޓީގައި އެދިވަޑައިގެންފައިވެ އެވެ. އޭގެ ތެރޭގައި ޕީޕީއެމް އުވައިލީ ކޮން އަސާސަކުންތޯ އާއި އެ ޕާޓީ އުވައިލުމަށް އީސީން ނިންމިއިރު ބެލި ކަންކަމާއި އެ މަރުހަލާ ފުރިހަމަކުރި އިރު، އަމަލު ކުރި އިޖުރާއަތުތަކަކީ ކޮބައިކަން ސާފުކޮށްދިނުމަށް އެ ސިޓީގައި އެދިފައިވެ އެވެ.އަލީ ވިދާޅުވީ އުއްމީދު ކުރައްވަނީ ރަސްމީ 7 ދުވަހުގެ ތެރޭގައި ސިޓީއަށް ޖަވާބެއް ލިބޭނެ ކަމަށް ކަމަށެވެ.
ކިޔުންތެރިންގެ ޝުއޫރު