ޚަބަރު
ވޯޓަކީ އަދުލުވެރިކަމާއި ގާބިލުކަމުގެ މައްޗަށް ދެވޭ ހެކިބަހެއް!
ކޮންމެ ވޯޓަކީ ވެސް އެ ވޯޓު ދެވޭ މީހާގެ އަދުލުވެރިކަމާއި ގާބިލުކަމުގެ މައްޗަށް ދެވޭ ހެކިބަހެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް މުޙައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.

ޝަކީލް މިހެން ވިދާޅުވީ ވޯޓުލާ މީހުންގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގަ އެވެ.

ޝަކީލް ވިދާޅުވީ، ދިވެހިންނަކީ ސައްތައިންސައްތަ މުސްލިމު ގައުމެއްގެ ބަޔަކަށްވާއިރު މާތްވެގެންވާ އިސްލާމް ދީނުގެ ޢަދުލުވެރި އުސޫލުތަކަށް ނަޒަރު ހިންގާއިރު ވެސް ވޯޓަކީ އަމާނާތެއް ކަމަށެވެ.

އަދި އެ ހައްގު އަދާކުރުމުގައި ކޮންމެ ރައްޔިތެއްގެ ވެސް ހިތުގައި މާތް ﷲއަށް ބިރުވެތިވުމާއި، ތެދުވެރިކަމާއި، އިޚްލާސްތެރިކަން ބޭއްވުމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

"އަޅުގަނޑުމެން މިއީ ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ބައެއް ކަމުގައިވާހިނދު، މާތްވެގެންވާ އިސްލާމްދީނުގެ ޢަދުލުވެރި އުސޫލުތަކަށް ނަޒަރު ހިންގާއިރު ވެސް، ވޯޓަކީ އަމާނާތެއް. އަދި އެކަން އަދާކުރުމުގައި އަޅުގަނޑުމެންގެ ހިތްތަކުގައި މާތް ﷲ އަށް ބިރުވެތިވުމާއި، ތެދުވެރިކަމާއި، އިހުލާޞްތެރިކަން އަބަދުމެ ބާއްވާ،" އިލެކްޝަން ކޮމިޝަނުގެ ރައީސް ޝަކީލް ކުރެއްވި ޕޯސްޓުގައިވެ އެވެ.

ރާއްޖޭގައި ކޮންމެ އަހަރެއްގެ އޯގަސްޓް މަހުގެ 25ވަނަ ދުވަސް ފާހަގަކުރަމުންދަނީ ވޯޓުލާ މީހުންގެ ދުވަހުގެ ގޮތުގައެވެ. މިއަހަރު މި ދުވަސް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ "ވޯޓަކީ ހައްގެއް އަދި ޒިންމާއެއް" މި ޝިއާރުގެ ދަށުންނެވެ.

އިލެކްޝަންސް ކޮމިޝަނުން އަންނަނީ ކޮންމެ އަހަރެއްގެވެސް ވޯޓުލާ މީހުންގެ ދުވަހު ވޯޓުލުމާ ގުޅޭގޮތުން އާންމު ހޭލުންތެރިކުރުމަށް ހާއްސަ ހަރަކާތްތައް ބާއްވަމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު