
މި އިންތިހާބުގެ ވޯޓު ނެގުން އޮންނާނީ އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު އެވެ.ވ. ތިނަދޫ ކައުންސިލުގެ ރައީސް ޝުޖާއު އަލީގެ ގޮނޑި ހުސްވީ މި ހިނގާ ފަސްވަނަ ކައުންސިލުގެ ދައުރު ފެށުނު ފަހުން ޕާޓީ ބަދަލުކުރިކަމަށް ބުނެ، ގޮނޑި ގެއްލިއްޖެ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ކަނޑައެޅުމާ ގުޅިގެންނެވެ. މިހާރު އުވައިލައިފައި އޮތް ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި އިންތިޚާބުވި ޝުޖާޢުގެ ގޮނޑި ގެއްލިއްޖެ ކަމަށް އެލްޖީއޭއިން ކަނޑައެޅީ މިދިޔަ ޖުލައި މަހުގެ ކުރީކޮޅެވެ.