
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބުވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ޕާޓީގެ މިސްރާބު ކަނޑައަޅައިދޭ އަދި ޕާޓީގެ ވިންދަކީ އާންމު މެމްބަރުންކަން ސާބިތުކޮށްދީފައިވާ ކަމަށެވެ. އަދި މިއީ ހިތަށް ވީ ތަދުގެ ބަދަލު ހޯދުމަށް ވުރެ މި ރާއްޖެ އިސްކޮށް އެމްޑީޕީގެ އާންމު މެމްބަރުން ދިން ވޯޓެއް ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ."ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމާއި ކެމްޕޭން ޓީމުން ދެއްކި ހިތްވަރަށް ސާބަސް ދަންނަވަން. ދެން އޮތީ އަޅުގަނޑުމެން އެކުގައި ގޮސް މި ސަރުކާރު ބަލިކުރުން. ބަދަހި ސަފުތަކަކާއެކު ނުކުމެ އެ މަސައްކަތް އަޅުގަނޑުމެން ކާމިޔާބުކުރާނަން،" ފައްޔާޒު ވިދާޅުވި އެވެ.'ބޮޑު ބަދަލު'ގެ ނަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެކުގައި ސިޔާސީ މަސައްކަތްތައް ފައްޓަވާފައިވާއިރު، ފައްޔާޒު ކުރިން ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީގައި ހުރި ބައެއް އުނިކަންކަމުގެ ސަބަބުން ރާއްޖޭގައި ވެރިކަން ހިންގަމުންދަނީ ރައީސްގެ ބާރުތައް ބޮޑުވެ ރައްޔިތުންގެ އާންމު ހާލަތު ނިކަމެތިވާ މިސްރާބަކަށް ކަމަށެވެ. އެހެންވެ، ވެރިކަމުގެ އޮނިގަނޑަށް ފަސް ބަދަލެއް ގެންނަން އެ ދެބޭފުޅުން ހުށަހެޅުއްވި އެވެ. އޭގެތެރޭގައި ހިމެނެނީ: