ޚަބަރު
މީކާއިލް، ނަޝީދަށް މަރުހަބާ ދަންނަވައިފި
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުން ބަލިވިކަން ގަބޫލުކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމަށް ފޯނުން ގުޅުއްވައި މަރުހަބާ ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީން އަދި ވަގުތީ ނަތީޖާ އިއުލާނު ނުކުރިޔަސް، މިހާތަނަށް ގުނާފައިވާ ފޮށިތަކުން ބޮޑު ތަފާތަކުން ކުރި ހޯއްދަވާފައިވަނީ ނަޝީދެވެ. އަދި މި ކާމިޔާބީ ފާހަގަކުރަން، މިރޭ އާޓިފިޝަލް ބީޗަށް އެއްވާން ވެސް އެމްޑީޕީގެ މެމްބަރުންނަށް ނަޝީދު މިހާރު ވަނީ ދައުވަތު އަރުވައިފަ އެވެ. 

މި އިންތިހާބުގައި ބަހައްޓާފައިވާ 241 ވޯޓު ފޮށީގެ ތެރެއިން 116 ފޮށީގެ ނަތީޖާ މިހާރު ވަނީ ލިބިފަ އެވެ. އެ ފޮށިތަކުން ކުރީގައި އުޅުއްވަނީ، އެ ޕާޓީގެ ކުރީގެ ރައީސްކަން ވެސް ކުރެއްވި، ނަޝީދެވެ. އެގޮތުން މިހާތަނަށް:

  • ނަޝީދަށް 6،600 އަށް ވުރެ ގިނަ ވޯޓު ލިބިފައިވޭ؛ އެއީ %69

  • މީކާއިލްއަށް މީހާތަނަށް ލިބުނީ، ގާތްގަނޑަކަށް 3،000 ވޯޓު؛ އެއީ %30

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މީކާއިލް ވިދާޅުވީ މީގެ އިރުކޮޅެއް ކުރިން ރައީސް ނަޝީދަށް ފޯނުކޮށް، އެމަނިކުފާނު ހޯއްދެވި ފުރިހަމަ ކާމިޔާބަށް މަރުހަބާ ދަންނަވާފައިވާ ކަމަށެވެ.

"އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގާ ބާއްވާ 2028 މި ޕާޓީއަށް ކާމިޔާބުކޮށްދިނުމަށް އާ އަޒުމެއްގައި މަސައްކަތްކުރާނަން. ޕާޓީގެ އާންމު މެންބަރުންނާއި އެކު ދެމި ހުންނާނަން،" މީކާއިލް ވިދާޅުވި އެވެ.

މި އިންތިހާބު ނަޝީދު ކާމިޔާބު ކުރައްވާފައިވަނީ، "ބޮޑު ބަދަލު"ގެ ނަމުގައި ވަރުގަދަ ކެމްޕޭނެއް ކުރައްވައި، އެމްޑީޕީ އަނެއްކާވެސް "ވަރުގަދަ" ކުރައްވާނެކަމުގެ ވައުދާ އެކު އެވެ.

ނަޝީދުގެ "ބޮޑު ބަދަލު" އިއުލާނު ކުރައްވާފައިވަނީ، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާ ގުޅިގެންނެވެ.

އެ ދެ ބޭފުޅުން އޭރު ވިދާޅުވެފައިވާ ގޮތުގައި، ޗެއާޕާސަންކަމަށް ނަޝީދު ކުރިމަތިލެއްވީ، 2028ގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ފައްޔާޒް ނެރުއްވައި، އެމްޑީޕީއަށް އަލުން ވެރިކަން ހޯދައި ދިނުމަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު