ޚަބަރު
އަަޒާން، ދައުރުގެ އެޑިޓަރު މޫސައަށް އަބުރުގެ ދައުވާކޮށްފި
"ދައުރު"ގައި ޝާއިއު ކުރި ލިޔުމަކާ ގުޅިގެން ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާންގެ ފަރާތުން އެ އާޓިކަލް ލިޔުނު ދައުރުގެ އެޑިޓަރު މޫސާ ލަތީފާއި ދައުރު ހިންގާ "ނެކްސްޓް މީޑިއާ ގްރޫޕް"އާ ދެކޮޅަށް އަބުރުގެ ދައުވާކޮށް އަބުރާ ބެހުމުގެ ބަދަލު ނަގައިދިނުމަށް ސިވިލް ކޯޓުގައި އެދެފި އެވެ.

އަޒާންގެ ފަރާތުން އަބުރުގެ ދައުވާ އުފުލީ ދައުރު ނޫހުގައި މޫސާ ލަތީފް "އަދަދު އަށް ފުލުހުން ވަދެގަތުމާއި އަޒާން ކުރެއްވި ތަޖުރިބާ"ގެ ނަމުގައި އަޒާންއާ ގުޅޭ ވާހަކަތަކެއް ހިމަނައި ލިޔުނު ރިޕޯޓަކާ ގުޅިގެންނެވެ. 

އަބުރުގެ ދައުވާއާ ގުޅިގެން އަންނަ ހޯމަ ދުވަހު ސިިވިލް ކޯޓަށް ހާޒިރުވާން މޫސާ ލަތީފަށް ވަނީ ޗިޓް ފޮނުވައިފަ އެވެ. 

އަޒާންގެ ފަރާތުން އެދިފައިވަނީ ދައުރުގައި ޝާއިއު ކުރި އެ ލިޔުމުން އޭނާގެ އަބުރަށް އަރައިގަނެފައިވާ ކަމަށް ކަނޑައަޅާ، އެ ލިޔުން ޑިލީޓު ކުރުމަށް ނުވަތަ އިސްލާހު ކުރުމަށް އަމުރު ކުރުމަށެވެ.

އަދި އަބުރާ ބެހުމުގެ ގެއްލުމުގެ މައުނަވީ ބަދަލަކަށް 5،000ރ.، ގާނޫނީ ހަރަދުގެ ގޮތުގައި ހޭދަވި 28،670ރ. އަދި މައްސަލައިގެ ރެޖިސްޓްރޭޝަން ފީ ނަގައިދިނުމަށް ވެސް އެދިފައިވެ އެވެ.

މީގެއިތުރުން މި މައްސަލަ ބަލާ ނިމެންދެން، ދައުރުގައި ޝާއިއުކޮށްފައިވާ ލިޔުން 'ޑްރާފްޓް' ސްޓޭޓަސްއަށް ބަދަލުކޮށް، އާންމުނަށް އެ ލިޔުން ނުފެންނާނެހެން ހެދުމަށް އަމުރުކޮށްދިނުމަށް ވެސް ވަނީ އެދިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު