ޚަބަރު
ޕީއެންސީއާ ގުޅުނު އަމިއްލަ މެންބަރުންގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅަން ކޯޓަށް ހުށަހަޅަނީ
އަނާރާ ނައީމް: އަމިއްލަ ގޮތުން ހޮވުމަށް ފަހު ޕީއެންސީއާ ގުޅުނު މެންބަރެއް
މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މެންބަރުންގެ ތެރެއިން ޕީއެންސީއަށް ސޮއިކުރި މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމު ކޯޓަށް މައްސަލައެއް ހުށަހެޅުމުގެ މަސައްކަތް ފަށައިފި އެވެ.

ކުރީގެ މަޖިލިސް މެންބަރު އަލީ ހުސެން މިއަދު ވިދާޅުވީ ގޮނޑި ގެއްލިފައިވާ ހައެއްކަ މެންބަރުން މިވަގުތު މަޖިލީހުގައި އެބަތިބި ކަމަށާއި އެ މީހުންގެ މައްސަލަ ސުޕްރީމު ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އަލީ ހުސެއިން އެ މަސައްކަތް ފެއްޓެވީ އިންތިހާބުވާ ޕާޓީ ބަދަލުކޮށްފި ނަމަ، މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ގާނޫނުއަސާސީއަށް މަޖިލީހުން ގެނައި އިސްލާހު ބާތިލް ކުރަން އޭނާ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް އައި ގޮތުންނެވެ. އެ މައްސަލާގައި މިހާރުގެ މަޖިލިސް މެންބަރުންނަށް އެ އިސްލާހު ނުހިނގާނެ ކަމަށް ކަނޑައަޅައިދޭން އެދުނެވެ.  

ނަމަވެސް، ސުޕްރީމް ކޯޓުން ނިންމާފައިވަނީ މިހާރު ހިނގަމުންދާ މަޖިލީހުގެ މެންބަރުން ވެސް ގާނޫނުއަސާސީއަށް ގެނައި ފްލޯ ކްރޮސިންގެ އިސްލާހު ހިނގާނެ ކަމަށެވެ.  

މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި އިންތިހާބުުވުމަށް ފަހު ޕީއެންސީއަށް ސޮއިކުރެއްވި މެންބަރުންނަކީ:

  • ނައިފަރު ދާއިރާގެ މެންބަރު ޔާސީން އަބްދުﷲ

  • ވިލިނގިލި ދާއިރާގެ މެންބަރު އާޒިމް އަބްދުއްއަޒީޒު

  • ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު

  • ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބް

  • ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަލްސަން އަހުމަދު

  • ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް

  • ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު

  • މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު

ޕާޓީއަކުން އެ މެމްބަރަކު ކަނޑާލުމުން މަޖިލީހުގެ ގޮނޑި ގެއްލުން ހިމެނޭ ގޮތަށް މި ސަރުކާރުން ވަނީ ގާނޫނުއަސާސީ އިސްލާހުކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު