އިސްހާގު ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް އައްޔަނުކުރި ދުވަހު ރައީސް ލިޔުން ހަވާލުކޮށްދެއްވަނީ
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމުގެ މަގާމުން އިސްޙާގު ހުސައިން އިސްތިއުފާ ދެއްވަފައިފި އެވެ.
އެ މަގާމަށް އިސްހާގު އައްޔަން ކުރެއްވީ އޭޕްރީލް، 2024 ގަ އެވެ.
އެ މަގާމުން އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނޫނެވެ. އެކަމަކު ޓްރައިބިއުނަލްގެ ވެބްސައިޓުގައި ވެސް މިހާރު ތިއްބެވި މެމްބަރުންގެ ތެރޭގައި ރައީސްގެ މައުލޫމާތެއް ނެތެވެ.ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަކީ ވަޒީފާއާ ބެހޭ އެކިއެކި މައްސަލަތަކުގައި ވަރަށް ގިނަ އަދަދެއްގެ މަސައްކަތްތެރީން މައްސަލަ ހުށަހަޅާ އިދާރާއެކެވެ.އެ އިދާރާގެ ބޭނުމަކީ ވަޒީފާގެ މާހައުލުގައި ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު އުފެދޭ މައްސަލަތަކާއި، ވަޒީފާއާ ބެހޭ ގާނޫނާއި އެހެން ވެސް ގާނޫނެއް ނުވަތަ ގަވާއިދެއްގައި ނުވަތަ ވަޒީފާގެ އެއްބަސްވުމެއްގައި، ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ބެލުމަށް ކަނޑައަޅާފައިވާ މައްސަލަތައް ވީހާ ވެސް އަވަހަށް ލުއިފަސޭހަކޮށް ބަލައި ނިންމުމެވެ.