ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އައިލެންޑް އޭވިއޭޝަނުން ޖެނިފާ ވަކި ކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި އަލުން ވަޒީފާ ދޭން އަންގައިފި
މަރިޔަމް އަނާ
26 އޮކްޓޫބަރ 2024 - 21:12
0
comments
އައިލޭންޑް އެވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު ޖެނިފާ
Tweet
Telegram
އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ)ގެ މަގާމުގައި ހުންނެވި އައިޝަތު ޖެނީފާ މަގާމުން ވަކިކުރީ ގޯސްކޮށް ކަމަށް ނިންމާ އޭނާއަށް ވަޒީފާއާއި، މާލީގޮތުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އައިއޭއެސްއަށް އަންގައިފި އެވެ.
މި ހިނގާ އޮކްޓޯބަރު 13، ގައި ކުރި ޓްރައިބިއުލަނުން ނިންމި ނިންމުމުގައި ބުނީ ޖެނިފާ ވަޒީފާއިން ވަކިކުރީ މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމަށް ހުއްދަ ކުރާ ފަދަ ހާލަތެއް މެދުވެރިވެގެން ކަމަށް ބުރަވެވެން ނެތް ކަމަށާއި އޭނާ ވަކި ކުރީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ކަމަށެވެ.
އެ ހުކުމުގައި އައިލެންޑް އޭވިއޭޝަންގެ މައްޗަށް އަމުރު ކޮށްފައި ވަނީ ޖެނިފާ ކުރިން އަދާ ކުރަމުން ދިޔަ މަގާމަށް އަލުން ރުޖޫއަކޮށް، އޭނާއަކީ ވަޒީފާއިން ވަކިވި ފަރާތެއް ކަމަށް ނުބަލައި ވަޒީފާއިން ވަކި ކުރި ތާރީހުން ފެށިގެން މައްސަލަ ނިމުނު ތާރީހާ ހަމައަށް ހޭދަވި މުއްދަތަށް ހައްގުވާ މުސާރަ އާއި އިނާޔަތްތައް ދިނުމަށެވެ.
ޖެނިފާ ހުންނެވީ މަގާމުގެ ގޮތުން މުސާރަ އާއި އިނާޔަތްތަކާއެކު އޭނާއަށް މަހަކު 56،171ރ. ލިބެ އެވެ. އެހެންކަމުން ޖެނިފާ މަގާމުން ވަކި ކުރި ފަހުން ހިނގައިދިޔަ 10 މަސް ދުވަހަށްވާ 561،710ރ. އައިލެންޑް އޭވިއޭޝަނުން އޭނާއަށް ދޭންޖެހޭނެ އެވެ.
އައިއޭއެސްގެ ޑީއެމްޑީގެ މަގާމުގައި ހުރި ޖެނީފާއަށް މުސާރައިގެ ގޮތުގައި މަހަކު 34،304 ރުފިޔާ ލިބެއެވެ. އަދި މަގާމުގެ އިނާޔަތުގެ ގޮތުގައި މަހަކު 21،867 ރުފިޔާ ލިބެއެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 މަސް ކުރިން
0
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހިކުމާ އައްޔަންކުރައްވައިފި
1 އަހަރު ކުރިން
0
ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މެންބަރުން އައްޔަންކޮށްފި
1 އަހަރު ކުރިން
0
އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލު ރައީސް ތަސްދީގު ކުރައްވައިފި
2 އަހަރު ކުރިން
0
ރޯދަ އިނާޔަތް ނުލިބޭ ނަމަ ޝަކުވާ ހުށަހަޅަން އަންގައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މެންބަރެއްގެ ދައުރު ހަމަވާތީ ބްރޯޑްކޮމްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
19 ގަޑިއިރު ކުރިން
0
އެއްބުރުން ރައީސަކު ހޮވަން ނަޝީދު ތާއީދުކުރައްވައިފި
19 ގަޑިއިރު ކުރިން
0
އެގްރިކަލްޗާ މިނިސްޓްރީއަށް އޭސީސީ އާއި ފުލުހުން ވަދެއްޖެ
19 ގަޑިއިރު ކުރިން
0
ރައީސް، ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް ބޭފުޅަކު އައްޔަންކުރައްވައިފި
22 ގަޑިއިރު ކުރިން
0