ޚަބަރު
ވަޒީފާ ދޫކޮށްލަން އެޗްޑީސީގެ މުވައްޒަފުންނަށް ހުޅުވާލައިފި
އެޗްޑީސީންވެސް އަމިއްލައަށް ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ހާއްސަ އިނާޔަތެއް ދިނުމަށް ނިންމައި، އެކަން މުވައްޒަފުންނަށް އިއްޔެ އަންގައިފި އެވެ.

މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ބުނީ ބުނީ ކުންފުނީގެ އޮނިގަނޑު ބަދަލުކޮށް އާ އޮނިގަނޑަށް ބަދަލުވާއިރު، އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން މުވައްޒަފުންނަށް ވަކިވާން ދެ އިހްތިޔާރެއް ދީފަ އެވެ.

އޭގެ ތެރެއިން އެއް ގޮތަކީ އަމިއްލައަށް އެދިގެން ރިޑަންޑަންޓްވުމެވެ. އެގޮތަށް ވަކިވާން އެދޭ މުވައްޒަފުންގެ ތެރެއިން ހޮވޭ ފަރާތްތަކަށް، އުސޫލުގައިވާ ގޮތުގެ މަތިން ވަޒީފާއިން ވަކިވުމުގެ މާލީ އިނާޔަތެއްގެ ގޮތުގައި ފުރިހަމަ ސެވަރެންސް ޕެކޭޖެއް ލިބޭނެ އެވެ.

އަނެއް ގޮތަކީ އަމިއްލައަށް އެދިގެން ރިޓަޔަވުމެވެ. މި ފުރުސަތުގެ ދަށުން، ޝަރުތު ހަމަވާ މުވައްޒަފުންނަށް އެ މުވައްޒަފަކު ކުންފުންޏަށް ހިދުމަތްކުރި މުއްދަތަށާއި އަދާކުރާ މަޤާމަށް ރިއާޔަތްކޮށް، އެއްފަހަރާ ލިބޭ އެކަށީގެންވާ މާލީ އިނާޔަތް ލިބޭނެ އެވެ.

ފެނަކައިންވެސް ވަނީ މި ފަހުން މިފަދަ ފުރުސަތެއް އެ ކުންފުނީގެ މުވައްޒަފުންނަށް ހުޅުވާލާފަ އެވެ. އެގޮތުން އެ ކުންފުނިން ދިން ހުށަހެޅުމަކީ، ހަތަރު މަހުގެ މުސާރައާއެކު ވަޒީފާއިން އަމިއްލައަށް ވަކިވުމުގެ ފުރުސަތު ދިނުމެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު