
ހިކުމާ މި މަގާމަށް ޢައްޔަން ކުރެއްވީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގަ އެވެ.މި ރަސްމިއްޔާތުގައި ޙިކުމާ ވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ހުވައި ކުރައްވާފަ އެވެ. ހިކުމާ އަށް ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަމުގެ ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙަސަން ޝަފީޢު އެވެ. އަދި، މަޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ޙިކުމާ އަޙްމަދާ ހަވާލުކުރައްވާފަ އެވެ.ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް މިއަދު އައްޔަނު ކުރެއްވި ހިކުމާ އަހްމަދު މީގެކުރިން ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ސިނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމު 2020އިން 2024އަށް އަދާކުރައްވާފައެވެ. އަދި ޙިކުމާ އަޙްމަދު ވަނީ އެވިޑް ކޮލެޖުން ބެޗެލާ އޮފް ޝަރީޢާ އެންޑް ލޯ އަދި މާސްޓާސް އިން ޕަބްލިކް އެޑްމިނިސްޓުރޭޝަން، ހާސިލުކުރައްވާފައެވެ.