ޚަބަރު
މީރާގެ ޑެޕިއުޓީ ކޮމިޝަނާގެ މަގާމަށް ކުރިމަތިލުމަށް އަލުން ހުޅުވާލައިފި
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމު ހުސްވެފައިވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު، ރައީސްގެ އޮފީހުން އިއްޔެ އަލުން ހުޅުވާލައިފި އެވެ. 

މި ފުރުޞަތު ހުޅުވާލައްވާފައިވަނީ މިމަހުގެ 23 އާދީއްތަ ދުވަހު 12:00 ހަމައަށެވެ. ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އެދި ހުށައަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދުދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސްގެ އޮފީހުންނެވެ.

މި މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސްގެ އޮފީހުގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. އަދި ރައީސްގެ އޮފީހުގެ ވެބްސައިޓް https://presidency.gov.mv އިން ފޯމު ޑައުންލޯޑް ކުރެވޭނެ އެވެ.

މީރާގެ ޑެޕިއުޓީ ކޮމިޝަނަރުކަމަށް ކުރިމަތިލާން މީގެކުރިން ހުޅުވާލީ މިއަހަރުގެ ޖުލައި 22 ވަނަ ދުވަހު އެވެ. މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމް ހުސްވީ، ކުރިން އެ ޒިންމާ އަދާކުރެއްވި ފާތިމަތު އަމީޒާ އެ އިދާރާގެ ކޮމިޝަނަރަކަށް އައްޔަންކުރެއްވުމުންނެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު