އަތޮޅު ކައުންސިލް އުވުމާއެކު ސެކްރެޓަރީ ޖެނެރަލުންގެ ވަޒީފާ ގެއްލުނަސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ގެންނެވި ބަދަލާ އެކު އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ގޮތަށް އަދި އެ މުވައްޒަފުންނަށް މިހާރު ލިބޭ މުސާރަ އާއި އިނާޔަތްތަކަށް އުނިކަމެއް ނާންނާނެ ގޮތަށް ކަމާ ބެހޭ އިދާރާތަކާ މަޝްވަރާ ކޮށްގެން ކަންކަން ހަމަޖެއްސުމަށް މީގެ ކުރިން އެދިވަޑައިގެންފަ އެވެ.ސެކްރެޓަރީ ޖެނެރަލުންނަކީ ކައުންސިލްތައް އިދާރީގޮތުން ހިންގުމުގެ އެންމެ އިސް ފަރާތެވެ.