
މާލޭގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ޗާންދަނީ މަގުގައި ހުންނަ އެ ޕާޓީގެ ދަނޑިކޮށި ހަރުގޭގަ އެވެ. އެ ރަސްމިއްޔާތުގައި އެމްޑީޕީގެ އިސްވެރިންނާއި އެ ޕާޓީގެ މަޖިލީހުގެ މެންބަރުންނާއި ގައުމީ މަޖިލީހުގެ މެންބަރުން ވެސް ބައިވެރިވި އެވެ.އެ ރަސްމިއްޔާތުގައި އަހަރީ ދުވަހުގެ ކޭކެއް ވެސް ފަޅާފައިވެ އެވެ.ރާއްޖޭގައި ރަޖިސްޓްރީ ކުރެވުނު ފުރަތަމަ ސިޔާސީ ޕާޓީގެ ގޮތުގައި އެ ޕާޓީ ރަޖިސްޓަރީ ކުރީ ޖޫން 26، 2005 ގައެވެ.