ޚަބަރު
އަނިޔާވެރިކަމުގެ ނަތީޖާ ހިތި: ޝާހިދު
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު - ފޮޓޯ: އެމްޑީޕީ
އަނިޔާވެރިކަމުގެ ނަތީޖާ ހިތިވާނެކަން އަނިޔާވެރިވާ ފަރާތްތަކުން ދަންނަންޖެހޭ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިހެން ވިދާޅުވީ ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑުވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމްޑީޕީއަށް ތާއީދު ކުރާ ގިނަ ބަޔަކު ސަރުކާރު ކުންފުނިތަކުގެ ވަޒީފާތަކުން ވަކިކުރަމުން އަންނާތީ އެ ޕާޓީން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެކްސްގައި ކުރެއްވި މި ޕޯސްޓުގައި ޝާހިދު ވިދާޅުވީ ސިޔާސީ ބޭނުމަށްޓަކައި ވަޒީފާތަކުން މުއައްޒަފުން ވަކިކޮށް އަނިޔާވެރިކަން އިސްކުރަމުންދާއިރު، އެއިން ކޮންމެ މުއައްޒަފަކާ ގުޅިފައިވާ އާއިލާއެއް އޮންނަކަން މި ސަރުކާރުގެ އިސްވެރިންނަށް އެނގިވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ. އަދި ވަޒީފާގެ ބިރުވެރިކަން އުފެއްދުމަކީ ރައްޔިތުންގެ ތާއީދާއި ލޯބި ހޯދޭނެ ގޮތެއް ނޫންކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަނިޔާވެރިކަމުގެ ނަތީޖާ ހިތިވާނެކަން އަނިޔާވެރިވާ ފަރާތްތަކުން ދަންނަންޖެހޭނެ،" ޝާހިދު ވިދާޅުވިއެވެ.

އެމްޑީޕީން ބުނިގޮތުގައި މި ސަރުކާރުން މިހާތަނަށް ވަނީ 80 އަށް ވުރެ ގިނަ މުވައްޒަފުން ނުހައްގުން ވަޒީފާއިން ވަކިކޮށް، ސަސްޕެންޑު ކޮށްފަ އެވެ. މީގެ ތެރެއިން 60 އަށް ވުރެ ގިނަ މައްސަލަ މިހާރުވެސް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅައި، އެމްޑީޕީގެ ލީގަލް ޓީމުން އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އެ ޕާޓީން ބުންޏެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު