
އެމްޑީޕީން ނެރުނު ކުރު ބަޔާނެއްގައި ވަނީ، ކައުންސިލްތަކަށް ފަންނީއާއި މާލީ އަދި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޕާޓީގެ ގައުމީ ސެކްރެޓޭރިއަޓުގައި އޮފީހެއް އުފައްދާފައިވާ ކަމަށެވެ."އިންޓާ ލޯކަލް ކައުންސިލް ޕްރޮޖެކްޓް ޑެވަލޮޕްމަންޓް އޮފީސް" (އައިއެލްސީ-ޕީޑީއޯ)ގެ ނަމުގައި އުފެއްދި މި އޮފީހުގެ ޑިރެކްޓާ ޖެނެރަލަކަށް ހަމަޖައްސާފައި ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާ އަމީރެވެ.ކައުންސިލްތަކަށް އެހީވާން އޮފީހެއް އުފައްދާފައި ވަނީ، އަތޮޅު ކައުންސިލްތަކާއި ލޯކަލް ގަނަނަންސް މިނިސްޓްރީން އުވާލައި، އިދާރީ ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ދަނޑިވަޅެއްގަ އެވެ.ރައީސް ނަޝީދު މިމަހުގެ ތެރޭގައި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު "ބޮޑު ބަދަލު އޮފީސް"ގެ ނަމުގައިވެސް މިހާރު ވަނީ ހާއްސަ އޮފީހެއް އުފައްދާފަ އެވެ.