ޚަބަރު
ކާރުތަކެއްގައި ޖެހި އެކްސިޑެންޓުވުމުން ޑްރައިވަރު ފިލައިފި
ހުޅުމާލެ ފޭސް -- ފޮޓޯ: އަދަދު
ހުޅުމާލޭ 2 ގައި ޕާކުކޮށްފައި ހުރި ކާރުތަކެއްގައި ސައިކަލަކުން ޖެހި އެކްސިޑެންޓުވުމުން ފިލި މައްސަލައެއްގައި، އެ ސައިކަލް ދުއްވި މީހާ ހޯދަން ފަށައިފި އެވެ. 

ފުލުހުން ބުނީ މި ހާދިސާ ހިނގީ ހުޅުމާލެ ފޭސް ދޭއްގެ ބެރެންބެދިމާ ހިނގުމުގެ އެއްވަނަ ގޯޅިން، ދެކުނުން އުތުރަށް ދުއްވާފައިދިޔަ ސައިކަލެއް އެ މަގުގައި ޕާކުކޮށްފައި ހުރި ކާރުތަކެއްގައި ޖެހުމުން ކަމަށެވެ. އަދި ސައިކަލު ދުއްވަން އިން ޑްރައިވަރު މަޑުނުކޮށް ސައިކަލު ދޫކޮށް ފިލާފައިވާ މައްސަލަ މިއަދުގެ ހެނދުނު 06:27 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ސައިކަލު ދުއްވަން އިން މީހާ އެކްސިޑެންޓަށް ފަހު މަޑުނުކޮށް ފިލި ނަމަވެސް ސައިކަލުގެ ފަހަތުގައި އިން މީހާ ސީން ގައި ހުރި ކަމަށެވެ. އަދި އޭނާއާ ސުވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ މި ހާދިސާގައި ސައިކުލައިގެ ފަހަތުގައި އިނީ 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާގެ ތުންފަތް ފަޅައިގެން ގޮސް ގައިގެ އެކި ތަންތަން މަށައިގެން ދިއުން ފަދަ އަނިޔާ ލިބިފައިވާ ކަމަށް ބުނެފައެވެ. އަދި މި އެކްސިޑެންޓްގައި ޕާކުކޮށްފައި އޮތް ހަތަރު ކާރަކަށާއި އެކްސިޑެންޓްވި ސައިކަލަށް އެކިވަރުގެ ގެއްލުންތައް ވެފައިވާ ކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

އެ މައްސަލާގައި، ތަހުގީގުގެ ބޭނުމަށް ސައިކަލު ޓޯކޮށް، ސައިކުލަ ދުއްވި މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. އަދި އެ ހާދިސާ ހިނގިއިރު ސައިކަލުގެ ފަހަތުގައި އިން  މީހާއާ ސުވާލުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ބުންޏެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު