ޚަބަރު
މާލޭގައި ހިނގި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
ބޮޑުތަކުރުފާނު މަގުން ސިނަމާލެ ބްރިޖު ކައިރީގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކު ނިޔާވެއްޖެ އެވެ. 


ފުލުހުން ބުނީ މި އެކްސިޑެންޓުގައި އަނިޔާވީ ސައިކަލު ދުއްވަން އިން 19 އަހަރުގެ ފިރިހެނަކާއި ސައިކަލު ފަހަތުގައި އިން 16 އަހަރުގެ ފިރިހެން ކުއްޖަކަށް ކަމަށެވެ.

16 އަހަރުގެ ކުއްޖާ ނިޔާވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓުގައި ސައިކަލު ދުއްވި 19 އަހަރުގެ ޒުވާނާ އަތުގައި ސައިކަލު ދުއްވުމުގެ ލައިސަންސް ނެތްއިރު، އެ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.

"މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން،" ފުލުހުން މީގެ އިރުކޮޅެއް ކުރިން މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ވެ އެވެ.

މި އެކްސިޑެންޓުގައި ނިޔާވި ނިހާންގެ ކަށުނަމާދު އޮންނާނީ މިއަދުގެ އަސްރު ނަމާދަށް ފަހު އާ ސަހަރާ މިސްކިތުގަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު