ޚަބަރު
ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ބަޔަކަށް އަނިޔާވެއްޖެ
މާލެ-ހުުޅުމާލެ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ބަޔަކަށް އަނިޔާވެއްޖެ އެވެ.

މި އެކްސިޑެންޓު ހިނގައިފައި ވަނީ ރޭ ދަންވަރު 12:45 ހާއިރު ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. ފުލުހުން ބުނީ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާކަމަށެވެ.


މި އެކްސިޑެންޓް ހިނގީ ހައިވޭގެ ކާރު ލޭނުގައި މަޑުކޮށްގެން އޮތް ކާރެއްގެ ފަހަރުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ އެހެން ކާރެއް ޖެހިގެންނެވެ. ފަހަތުން އައިސް ޖެހުނު ކާރު އެ ވަގުތު ދުއްވާފައި ދިޔަ ހަތަރު ސައިކަލެއްގައި ޖެހުނެވެ.

އެކްސިޑެންޓްގައި ހަތަރު މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެ އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު