ޚަބަރު
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ
ހުޅުމާލެ 2 ގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އެކަކު ދުއްވި ސައިކަލް.
ދެ ސައިކަލު ޖެހި މިރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މަރުވީ 19 އަހަރުގެ ދިވެއްސެއް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނިގޮތުގައި، ހުޅުމާލެ 2 ގެ ނިކަގަސް މަގުގައި ހިނގި މި އެކްސިޑެންޓުގައި މަރުވީ ކ. ދިއްފުށި، ލައިޓް ގާޑަން، އިސްމާއިލް ރަޔާން ބިން ނާޒިމް، އެވެ.

ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވި ކަމަށާއި ރަޔާން މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަނިކޮށް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ، ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގެ މައްސަލަ ތަހުގީގުކުރައްވަމުން ގެންދަވާކަމަށެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު