ޚަބަރު
ހަންޏާމީދޫގައި ބަގީއަކާއެކު މޫދަށް ވެއްޓުނު ކުއްޖަކު މަރުވެއްޖެ
އދ. ހަންޏާމީދޫގައި ކުއްޖާއާ އެކު މޫދަށް ވެއްޓުނު ބަގީ ނަގަނީ
އދ. ހަންޏާމީދޫގައި، ނުކުޅެދުންތެރިކަން ހުންނަ 13 އަހަރުގެ ފިރިހެން ކުއްޖަކު ބަގީއަކަށް އަރައި ދުއްވަން އުޅެނިކޮށް ކޮންޓްރޯލު ނުވެ ގޮސް ފަޅުތެރެއަށް ވެއްޓި އިއްޔެ މަރުވެއްޖެ އެވެ.

މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި، އެ ހާދިސާ ހިނގަން މެދުވެރިވީ ތަޅުދަނޑި ޖަހާފައި އޮތް ބަގީއަކަށް އެ ކުއްޖާ އަރައި، އެ ދުއްވުމުގެ ސަބަބުންނެވެ.

މި ހާދިސާގައި މަރުވީ, އދ ހަންޏާމީދު / ޑެއިޒީވިލާ އަލީ އަނަސް ބިން މުޙައްމަދު އަރީޝްއެވެ. އެއީ 13 އަހަރުގެ ކުއްޖެކެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެ ކުއްޖާ މަރުވީ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށްކަމަށެވެ. އަދި ކުއްޖަ ބަގީއާއި އެކު ވެއްޓުނު ވަގުތު ބަނދަރުގައި އޮތް ދޯންޏެއްގައި އެ ކުއްޖާ ބޯޖެހި ބޮލަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވަކަމަށްވެސް އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު