ޚަބަރު
މޭރީ މަރު: ލަމްހާގެ މައްޗަށް ވެސް ކުށް ސާބިތުވެއްޖެ
ލަމްހާ އާއި އޭނާގެ ލޯބިވެރިޔާ މާވިން-- އެ ދެ މީހުންގެ މައްޗަށް މަރުގެ ދައުވާ ވަނީ އުފުލައިފައި--
އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލުމުގައި ބައިވެރިވިކަން, ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށް މިއަދު ކްރިމިނަލް ކޯޓުގައި ސާބިތުވެއްޖެއެވެ.

މި މައްސަލާގައި ތުހުމަތުކުރެވެނީ، މޭރީގެ ފިރިމީހާ މާވިން އެސްވައި ވާގަސް އާއި ލަމްހާއާ ދުރާލައި ރާވައިގެން، މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގައި ދިރިއުޅެމުން ދިޔަ މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްލައިގެން 19 އޮކްޓޫބަރު 2021 ދުވަހު މަރާލާފައިވާ ކަމަށެވެ. އަދި މޭރީ ގްރޭސްގެ މަރާލި މައްސަލާގައި އޭނާގެ ފިރިމީހާ މާވިން (މިހާރުގެ ނަމުން ޔޫސުފް) ގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ނިންމައިފި އެވެ 

އޮކްޓޫބަރު، 2021 ގައި މޭރީ މަރާލި މައްސަލަ އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް މިއަދު ސާބިތުވެފައިވާއިރު، އޭނާގެ ލޯބިވެރިޔާ، ލަމްހާގެ މައްޗަށް ސާބިތުވީ އެކަމުގައި ބައިވެރިވުމުގެ ދައުވާއެވެ.

މާވިން އާއި ލަމްހާގެ މައްޗަށް ވެސް އަދަބު ކަނޑައެޅުން އޮތީ އެހެން ދުވަހެއްގައި ބާއްވާ ގޮތަށެވެ.

އެ މައްސަލާގައި އޮކްޓޫބަރު، 2021 ގައި މާވިން އާއި ލަމްހާ ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރި އެވެ. އަދި ފަހުން ކްރިމިނަލް ކޯޓުން ލަމްހާ އެކިފަހަރު މަތިން ބަންދުން ދޫކުރި ނަމަވެސް ހައި ކޯޓުން ފަހުން ވަނީ ލަމްހާ ބަންދުކުރަން އަމުރުކޮށްފަ އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު