
ވެނެޒުއެލާއަށް އައި ބާރުގަދަ ދެ ބިންހެލުން ރެކޯޑު ކުރެވިފައި ވަނީ ރިކްޓަރ މިންގަނޑު 7.2 އަދި 7.5 ގައެވެ. އެ ލޮޅުންތަކުގައި ގިނަ އަދަދެއްގެ އިމާރާތްތައް ވެއްޓި، ބިނާރުތަކަށް ލިބިފައިވާ ގެއްލުންތަކުގައި 4,300 އަށްވުރެ ގިނަ މީހުން ޒަހަމުވި އެވެ. މިއީ، ފާއިތުވި ގަރުނަކަށްވުރެ ގިނަ ދުވަހުގެ ތެރޭގައި އެ ޤައުމަށް އައި އެންމެ ބާރުގަދަ ބިންހެލުންތަކެވެ. ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ މީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ހުއްޓުމެއްނެތި ކުރަމުންދާއިރު، އެތައް ހާސް ބަޔަކު ވީނުވީއެއް ނޭނގި ގެއްލިފައިވާތީ މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ރަސްމީ ފަރާތްތަކުން ލަފާކުރެ އެވެ.ވެނެޒުއޭލާގެ ރެޑް ކްރޮސްގެ މައި އިމާރާތަށާއި ފަރަންސޭސި އެމްބަސީއަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. މި ކާރިސާގައި މަރުވި މީހުންގެ ތެރޭގައި ޗައިނާގެ ދެ ރައްޔިތަކު ވެސް ހިމެނޭ ކަމަށް ވެނެޒުއޭލާގައި ހުންނަ ޗައިނާ އެމްބަސީން ވަނީ ކަށަވަރުކޮށްދީފަ އެވެ.