ދުނިޔެ
އެމެރިކާ އިން މަދޫރޯ ވަގަށް ގެންގޮސްފި
އެމެރިކާއިން ވެނެޒުއޭލާއަށް ހަމަލާދީ އެގައުމުގެ ރައީސް ނިކޮލަސް މަދޫރޯ ކިޑްނެޕްކޮށްގެން ވަގަށް ގެންގޮސްފި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމިއްލަފުޅު ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރަތު ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަދޫރޯއާއި އޭނާގެ އަނބިކަނބަލުން އަތުލައިގަނެގެން އެގައުމުން ބޭރަށް ގެންގޮސްފައިވާ ކަމަށެވެ.

މަދޫރޯއާއި އޭނާގެ އަނބިކަނބަލުން ވެނެޒުއޭލާ އިން ބޭރަށް ގެންދިޔަ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް ގެންދިޔަ ވަކި ތަނެއް ހާމަކުރައްވާފައެއް ނުވެ އެވެ.

އެމެރިކާ އިން ވެނެޒުއޭލާއަށް ހަމަލާ ދޭނެ ކަމުގެ އިންޒާރުތައް ދެމުންދާތާ އެތައް ހަފްތާތަކެއް ފަހުން މައިގަނޑު ގޮތެއްގައި ހަމަލާ ދީފައިވަނީ ވެނެޒުއޭލާގެ އަސްކަރީ ތަންތަނަށެވެ.

އެމެރިކާގެ ހަމަލާތަކާ ގުޅިގެން ވެނެޒުއޭލާގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. 

މި ހަމަލާއާ ގުޅިގެން އެމެރިކާގެ ސިޔާސީ ދާއިރާގައި ވަނީ ބޮޑެތި ބަހުސްތަކެއް އުފެދިފައެވެ. ޑިމޮކްރެޓިކް ސެނެޓަރު ރޫބެން ގަލޭގޯ މި ހަމަލާއަކީ ޣައިރު ގާނޫނީ ހަނގުރާމައެއް ކަމަށް ސިފަކުރާއިރު، ބައެއް ރިޕަބްލިކަން ސެނެޓަރުން ވެސް ވަނީ ކޮންގްރެސްގެ ހުއްދަނެތި މިފަދަ ހަމަލާއެއް ދިނުމުގެ ގާނޫނީ ހުއްޖަތާމެދު ސުވާލު އުފައްދާފަ އެވެ.

މި ހަމަލާގެ އިތުރު ތަފްސީލު ދިނުމަށް ރައީސް ޓްރަމްޕް މިއަދު ފަހުގެ ވަގުތެއްގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު