
ދައުލަތުގެ މީޑިއާ މެދުވެރިކޮށް ރޭ ގެނެސްދިން 'އިގްތިސޯދުގެ ދެ ފަރާތް' ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ޑޮލަރުގެ އަގު އެއް ދުވަހު 21 ރުފިޔާގައި އަދި އަނެއް ދުވަހު 22 ނުވަތަ 23 ރުފިޔާގައި އުޅޭ ކަމަށް އަޑުއިވިވަޑައިގަންނަވާ ކަމަށެވެ.އަދި ބައެއް ނޫސްތަކުގެ ހެޑްލައިންތަކުގައި ހެނދުނު ހޭލާއިރު މިއަދުގެ ރޭޓަކީ 22 ރުފިޔާ ކަމަށް ޖަހާފައި ހުންނަކަން ފާހަގަކުރައްވައި، މިނިސްޓަރު ވަނީ އެފަދަ ސުރުހީތަކަކީ "ޕެނިކް އުފައްދައި"، "ފޭކް ނިއުސް" ފަތުރައި "މެނިޕިއުލޭޓް" ކުރުމަށް ޖަހާ ސުރުހީތަކެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.މިނިސްޓަރު ސިފަކުރެއްވި ގޮތުގައި، ނޫސްތަކުން އެފަދަ ސުރުހީތައް ޖަހަނީ "ޕެނިކް އުފައްދާ"، "ފޭކް ނިއުސް" ފަތުރައި "މެނިޕިއުލޭޓް" ކުރުމަށެވެ."އެހެން ހެދީމާ މިކަހަލަ ކުޑަ އިކޮނޮމީއެއްގައި ނަގަން ޖެހޭ ބްލަންޓު ބޮޑުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.