ޑޮލަރުގެ އަގު މައްޗަށް ދަނީ، ޑޮލަރު ނެތީމަ: ނަޝީދު
ޔޫނުސް އިބްރާހިމް
11 އޯގަސްޓް 2026 - 12:30
0 comments
ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު
ޑޮލަރުގެ އަގު މައްޗަށް ދަނީ ޑޮލަރު ނެތުމުން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުއިއްޒާއި އިކޮނޮމިކް މިނިސްޓަރު ސައީދުގެ އިތުރުން ސަރުކާރުގެ އިސް އެތައް ފަރާތެއް، ޑޮލަރުގެ އަގު ދެން އިތުރަށް މައްޗަށް ނުދާނެ ކަމަށް ވަނީ މީގެ ކުރިން އެތައް މުނާސަބަތެއްގައި ވިދާޅުވެފަ އެވެ. ޑޮލަރުގެ އަގު ދަށްކޮށް، ދިވެހި ފައިސާގެ އަގު މައްޗަށް އެރުވުމަށާއި އިގްތިސާދު ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރަމުންދާކަމަށް ރައީސް މުއިއްޒުގެ ސަރުކާރުން ތަކުރާރުކޮށް ބުނަމުން އައިނަމަވެސް ޑޮލަރު ރޭޓު ހިފެހެއްޓުމެއްނެތި މައްޗަށް ދިއުމުން ސަރުކާރުން ދައްކަމުންދާ ވާހަކަތަކާމެދު ވަނީ ސުވާލު އުފެދިފަ އެވެ. ނަޝީދު މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ސައީދުގެ ވާހަކަތައް ސިފަކުރެއްވީ ހަގީގަތް އޮޅުވާލަން ކުރެއްވި މަސައްކަތެއްގެ ގޮތުގަ އެވެ."ޔޫއެސް ޑޮލަރުގެ އަގު މައްޗަށް ދަނީ މީހުން ޑޮލަރުގެ ވާހަކަ ދައްކާތީ ކަމަށް (ސްޕެކިއުލޭޝަން)ގެ ސަބަބުން ކަމަށް ސަރުކާރުން ބުނެ، ހަގީގަތް އޮޅުވާލުމަކީ މި ވަގުތު ދިވެހި އިގްތިސާދަށް ދެވޭނެ އެންމެ ބޮޑު ދެރަ،" ނަޝީދު ވިދާޅުވި އެވެ.އެ މަނިކުފާނު ވިދާޅުވި ގޮޮތުގައި، މަރުކަޒީ ބޭންކު، އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީން ގަވާއިދުން ޝާއިއުކުރަން ޖެހޭ ރިޕޯޓުތައް އާންމުނުކޮށް، ސަރުކާރަށް ހަގީގަތް އޮޅުވާލަމުން ގެންދެވޭނީ ވެސް ވަކި ވަރަކަށެވެ."ޑޮލަރެއްގެ އަގު 23 ރުފިޔާގެ މައްޗަށް ގޮސް، ރާއްޖޭގައި ހައިޕާ އިންފްލޭޝަން އުފެދި، ތަކެތީގެ އަގު އިންތިހާއަށް އުފުލިގެން ނުދަނީސް، ސަރުކާރުން އެމްޑީޕީއާ ވާހަކަ ދެއްކުން ބޭނުންތެރި،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ސަރުކާރުން ކިބުރުވެރިކަން އިސްކުރާނަމަ އެކަމުގެ ގެއްލުން ލިބޭނީ ރާއްޖެއަށާއި ދިވެހިންނަށް ކަމާށް ވިދާޅުވެފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު