ޚަބަރު
ދުވާލަކު އެވްރެޖްކޮށް 2.7 މިލިއަން ޑޮލަރު ވިއްކަން: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްއިން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 2.7 މިލިއަން ޑޮލަރު ދޫކުރަމުންދާކަން އެ ބޭންކުން ބުނެފި އެވެ.

ސަޢީދު މިފަދައިން ވިދާޅުވީ، އިގުތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބޭއްވި "އިގުތިސާދު ހަމަމަގަށް" ޕެނަލްގައި ރޭ ވާހަކަދައްކަވަމުންނެވެ.  

ރާއްޖެއަކީ ބޭރުގެ ފައިސާއަށް ހާއްސަކޮށް ޑޮލަރަށް ވަރަށް ބޮޑަށް ބަރޯސާވާންޖެހޭ ޤައުމަކަށް ވުމާއެކު އާންމުންނާއި ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމަށް ބޭންކުން ހާއްސަ އިސްކަމެއް ދޭކަމަށް ސައީދު ވިދާޅުވި އެވެ. އެގޮތުން ކާޑު މުޢާމަލާތްތަކާއި ޓީޓީ ހެދުމާއި އެހެން ބޭނުންތަކަށް ދުވާލަކު 2.7 މިލިޔަން ޑޮލަރު ދޫކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މި އަހަރުގެ މިހާތަނަށް ރަސްމީ ރޭޓުގައި 570 މިލިޔަން ޑޮލަރު ވިއްކާފައިވާ އިރު ލޯނުގެ ގޮތުގައި 270 މިލިޔަން ޑޮލަރު ދޫކޮށްފައިވާ ކަމަށްވެސް ސަޢީދު ވިދާޅުވި އެވެ.

"އަޅުގަނޑު ފާހަގަކޮށްލާނަން މިދިޔަ އަހަރު އަހަރު ނިންމާލިއިރު ޓޯޓަލް އަޅުގަނޑުމެންނަށް ދޫކޮށްލެވުނީ 10 ބިލިޔަން ރުފިޔާގެ ލޯން. އެހެންނަމަވެސް މި 7 މަސް ދުވަހުގެ ތެރޭގައި 9 ބިލިޔަނާއި ގާތައް މިވަނީ އިޤްސާދާއި ވިޔަފާރިތަކާއި އާންމުންގެ ބޭނުމަށް ދޫކޮށްފައި" ސައީދު ވިދާޅުވެއްޖެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު