ޚަބަރު
ސަރުކާރު ޓެކްސީ އެޕް ހެކުކޮށް، އާންމުންގެ ޒާތީ މައުލޫމާތު ލީކުކޮށްލައިފި
ސަރުކާރުގެ ޓެކްސީ ލައިން ހިދުމަތަށް ގެނެސްފައިވާ ކާރުތައް - ފޮޓޯ/ އެމްޓީސީސީ
ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ޓެކްސީ ހިދުމަތް ދޭން ބޭނުންކުރާ އެޕްލިކޭޝަން ހެކްކޮށް، ބައިވަރު ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ލީކުކޮށްލައިފި އެވެ. 

އެމްޓީސީސީގެ ޓެކްސީ އެޕްލިކޭޝަން ހެކް ކުރި ކަމަށް ލަފާ ކުރެވެނީ ރޭގެ ވަގުތެއްގައި އެވެ. މި އެޕްލިކޭޝަން ހެކް ކުރި މީހާ ނުވަތަ ބަޔަކު ވަނީ ބައެއް ޑްރައިވަރުންގެ ނަން ވެސް ބަދަލުކޮށްފަ އެވެ. 

ސޯޝަލް މީޑިއާއަށް ލީކުކޮށްލި މައުލޫމާތުގެ ތެރޭގައި:

  • ހިދުމަތް ބޭނުންކުރި އާންމުންގެ ނަން، ފޯނު ނަންބަރު، ވޮލެޓު އައިޑީ އަދި އީމެއިލް އެޑްރެސް

  • ކަސްޓަމަރުން ކޮށްފައިހުރި މެސެޖުތައް

  • ކަސްޓަމަރުން ކުރި ދަތުރުތަކުގެ ތަފްސީލު

ވާދަވެރި ބީލަމަށް ފުރުސަތު ނުދީ، މާލެ ޓެކްސީ އެޕް ހަދަން ދިނީ އެވަރުގެ އެޕެއް ހަދަން ދާ ހަރަދަށް ވުރެ އެތައް ގުނަ ބޮޑުކޮށް، 13 މިލިއަން ރުފިޔާގެ އަގަކަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު